އަދީބުގެ އެމްޓީޑީން ރައީސާ ބައްދަލުކޮށްފި

އެމްޓީޑީ އިން ރައީސްއާ ބައްދަލުކޮށްފައިވާއިރު، އެޕާޓީގެ ލީޑަރު އަދީބު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރުގަ އެވެ. ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ރާއްޖޭން ބޭރަށް ފުރާވަޑައިގެންފައި ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ.

އެމްޑީޓީގެ ކައުންސިލް މެމްބަރުން ރައީސާއެކު ނަގާފައިވާ ސެލްފީ --

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގަވާ ޕާޓީ، މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކޮށްފި އެވެ.

އެ ޕާޓީގެ ކައުންސިލަށް މިއަދު ރައީސް އާއި ބައްދަލުކުރުމަށް ފުރުސަތު ލިބުމުން އެކަން ފާހަގަކޮށް އެމްޓީޑީން ވަނީ އެމަނިކުފާނާއެކު ނަގާފައިވާ ސެލްފީއެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ. އެ ސެލްފީގައި ދެން ތިބީ އަދީބުގެ އަރިސް މީހުނެވެ.

އެމްޓީޑީން ބުނެފައި ވަނީ އެ ބައްދަލު ކުރުމުގައި ރާއްޖޭގައި ފާހަގަ ކޮށްލެވޭ މުހިންމު މައްސަލަތަކާއި ސިޔާސީ މަސްރަހާ ގުޅިގެން ރައީސް އާއި މަޝްވަރާ ކުރި ކަމަށެވެ. މި ބައްދަލު ކުރުމުން މުސްތަގުބަލަށް ވަރަށް ބޮޑެތި އުންމީދުތައް ލިބިގެން ދިޔަ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްޓީޑީން ރައީސާ ބައްދަލު ކޮށްފައިވާއިރު، އެޕާޓީގެ ލީޑަރު އަދީބު ހުންނެވީ ބޭސް ފަރުވާއަށް ސިންގަޕޫރުގަ އެވެ. ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ރާއްޖޭން ބޭރަށް ފުރާވަޑައިގެންފައި ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެ ފަހަރު މަތީން މުއްދަތު އިތުރު ކޮށްދީފައިވާއިރު، އަނެއްކާވެސް މުއްދަތު އިތުރު ކޮށްދޭން އަދީބުގެ ފަރާތުން ވަނީ އެދިފަ އެވެ.

ވިހި އަހަރުގެ ޖަލު ހުކުމެއް އޮތަސް ސިއްހީ ހާލުކޮޅު ހުރި ގޮތުން އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަނީ ގޭގަ އެވެ.

އަދީބަށް މި ސަރުކާރުން ބޮޑެތި ލުއިތަކެއް ދީފައިވާއިރު އެމްޑީޓީން ދަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފުކޮށް ތާއީދު ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.