މޯބައިލް ބޭންކިންގް އަށް ޑިވައިސް މެނޭޖްމަންޓް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން އިންޓަރނެޓް އަދި މޯބައިލް ބޭންކިންގް އަށް ޑިވައިސް މެނޭޖްމަންޓް ތައާރަފްކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އިންޓަނެޓް އަދި މޯބައިލް ބޭންކިންގް މެދުވެރިކޮށް މި ޑިވައިސް މެނޭޖްމެންޓް ތައާރަފް ކުރީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރި ކުރުމަށްށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދަ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އެ ކުންފުނިން ބުނީ މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓަރކޮށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެކަމަށެވެ. އަދި ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލާލެވުމާއި ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސް އަކުން ވެސް ލޮގްއައުޓް ކުރެވޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކުއުރިޓީ ކަށަވަރުކުރުމަށް އެ ކުންފުނިން ނުހަނު އިސްކަމެއް ދޭކަމަށެވެ. އަދި ބީއެމްއެލްގެ ސިސްޓަމްތަކަށް ފަހުން ގެންނަމުންދާ ބަދަލާއި ތައާރަފް ކުރަމުންދާ ފީޗަރ ތަކަކީ މިކަމުގެ ހެއްކެއްކަމަށް ބުނެފައިވެއެވެ. އަދި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އަމިއްލައަށް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބިގެންދާނެކަމަށް ބުންޏެވެ.

ކާރލް ބުނީ ޑިވައިސް މެނޭޖްމަންޓަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތައާރަފް ކުރެވޭ މުހިންމު ފީޗަރއެއް ކަމަށެވެ. އަދި މި ފީޗަރ ގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަން އަދި ޑިވައިސް ބަލާލެވި، ވަކިވަކި ޑިވައިސްތަކުން ނުވަތަ ހުރިހާ ޑިވައިސްތަކުން ލޮގްއައުޓްވެވޭނެ ކަމަސް ބުނެފައި ވެއެވެ.

ބޭންކުން ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް

  • ކުއްލި ހާލަތްތަކުގައި އިންޓަރނެޓް ބޭންކިންގް އަދި ކާދު ތަކުގެ ހިދުމަތް ކަސްޓަމަރުންނަށް އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ "ކިލް ސްވިޗް" ތައާރަފް ކޮށްފައިވެއެވެ.
  • އަލަށް ގެނެވުނު އަޕްޑޭޓް އާއެކު، މެއި މަހު ބޭންކުން ވަނީ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގް ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި ޓޫފެކްޓަރ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފައެވެ.
  • މާރިޗް މަހު، އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާރޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކުރެވުނު.
  • އޮތަންޓިކޭޓަރ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލް އެއްގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފައްޓާފައެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.