ބަރުލަމާނީ ގަރާރު އަވަސް ކުރަން އެމްޑީޕީން އެއްބަސް: ނަޝީދު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓް ހޯދި ޑިމޮކްރެޓްސް އިން މިހާރު ވަނީ މި މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށް ދެވަނަ ބުރަށް ދިޔަ އެމްޑީޕީ އަދި ޕީޕީއެމް-ޕީއެންސީއަށް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް --

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ދަ ޑިމޮކްރެޓްްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު އަވަސް ކުރަން އެމްޑީޕީ އިން އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި އިލްޔާސްގެ ފަރާތުން މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ގަގާރުގައި ހުށަހަޅުއްވާފައި ވަނީ ފެންނަ ނުފެންނަ ވޯޓު އަންނަ ނޮވެންބަރު މަހުގެ 30 ވަަނަ ދުވަހުގެ ކުރިން ނެގުމަށެވެ.

މަޖިލީހުގެ އެޖެންޑާއާމެދު އެމްޑީޕީ މެމްބަރުން ހިތްހަމަ ނުޖެހި މިއަދު ތަޅުމަށް ވަޑައިނުގަތުމުން މިއަދުގެ އެޖެންޑާ ވިދާޅުވެދެއްވަމުން ނަޝީދު ވިދާޅުވީ އެ ގަރާރު އަވަސް ކޮށްދެއްވުމަށް ޑިމޮކްރެޓްސް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގެންފައިވާ ކަމަށެވެ. ގަރާރު އަވަސް ކުރަން ހުށަހެޅުމުން މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރު މަޝްވަރާ ކުރުމަށް ފަހު އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

"މެޖޯރިޓީ ލީޑަރު [އަސްލަމް] ވަނީ މި މަސައްކަތް އަވަހަށް ކުރުމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ވަނީ ވިދާޅުވެފައި. އެހެންވީމާ އަޅުގަނޑުމެންނަށް އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން މާދަމާ ބާއްވާ މަޖިލީސް ޖަލްސާގައި އެ ގަރާރަށް ބަހުސް ކުރުން އޮންނާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓް ހޯދި ޑިމޮކްރެޓްސް އިން މިހާރު ވަނީ މި މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށް ދެވަނަ ބުރަށް ދިޔަ އެމްޑީޕީ އަދި ޕީޕީއެމް-ޕީއެންސީއަށް ހުށަހަޅާފަ އެވެ. އެކަމުގެ މަޝްވަރާއަށް ނަޝީދު ވަނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދައަށް ވެސް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.