ޖުލައި - އަގު އުފުލުނީ ދަތުރުފަތުރު ދަށްވީ ކަރަންޓު

އެންމެ ބޮޑަށް ދަށްވި ކަރަންޓުގެ އަގުތައް 3.19 ޕަސެންޓް ވެއްޓިފައިވެ އެވެ. އަދި އުފުލުނު ދަތުރުފަތުރުގެ އަގުތައް 13.57 ޕަސެންޓުގެ އުފުލުމެއް ފާހަގަވެ އެވެ.

މިދިޔަ ޖުލައި މަހު ރާއްޖޭގައި މުދަލުގެ އަގުތައް އުފުލިފައިވަނީ ނިސްބަތުން ކުޑަ މިންވަރެއް ކަމަށް ދައްކަ އެވެ. ޖުލައި މަހުގެ އިންފްލޭޝަން ހުރީ 0.06 ޕަސެންޓުގަ އެވެ. އެންމެ ބޮޑަށް އަގު އުފުލުނީ ކޮން ބާވަތްތަކެއްގެ ހެއްޔެވެ؟ އަދި އަގު ދަށްވީ ކޮން ބާވަތްތަކެއްގެ ހެއްޔެވެ؟ 

މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ (އެމްބީއެސް) ގެ ހިސާބުތައް ދައްކާ ގޮތުގައި އެ އޮތޯރިޓީން އެއްކުރި މުދާ ޓުކުރީގެ ހުރިހާ ބައިތަކެއް އެއްކޮށް ބަލާނަމަ އަގުތައް އުފުލިގެން ގޮސްފައިވަނީ 0.06 ޕަސެންޓަށެވެ. ޖޫން މަހު މި އަދަދު ހުރީ 0.10 ޕަސެންޓުގަ އެވެ. 

އަގު އުފުލުމުގެ މުދަލުގެ ނިސްބަތް

  •  އެއްގަމާއި ކަނޑުގެ ދަތުރު ފަތުރު - +13.57 ޕަސެންޓް
  •  ތަރުކާރީގެ ބާވަތްތައް - +4.17 ޕަސެންޓް
  •  މޭވާގެ ބާވަތްތައް - +0.93 ޕަސެންޓް
  •  އެއްގަމު ދަތުރުފަތުރު - +1.30 ޕަސެންޓް
  •  ކާނާގެ ބާވަތްތަކުގެ އަގުތައް - +0.36 ޕަސެންޓް

މިދިޔަ މަހު ޖުލައި މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ އެއްކަމާއި ކަނޑުގެ ދަތުރުފަތުރުގެ ބައިންނެވެ. މި ބައިން 13.57 ޕަސެންޓް ވަނީ އަގު މަތިވެފަ އެވެ. ދެން އެންމެ ބޮަޑަށް އަގު އުފުލިފައިވަނީ ތަރުކާރީގެ ބާވަތްތަކުގެ އެވެ. މިބައިގެ އަގުތައް ވަނީ 4.17 ޕަސެންޓަށް އުފުލިގަ އެވެ. އަދި ކާނާގެ ބާވަތްތަކުގެ އަގުތައް ވަނީ +0.36 ޕަސެންޓް އުފުލިފަ އެވެ. 

ސްޓެލްކޯ މުވައްޒަފުންގެ މަސައްކަތުން ބެހެއްޓި ޖަނަރޭޓަރު ސެޓުތައް

އަގު އެންމެ ދަށްވީ ކަރަންޓު ބިލްގެ

ޖުލައި މަހު އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ކަރަންޓު ބިލްގެ އަގުތަކެވެ. ކަރަންޓުގެ އަގުތައް ވަނީ 3.19 ޕަސެންޓް ދަށްވެފަ އެވެ. އަދި ވައިގެ ދަތުރުފަތުރުގެ އަގުތައް  -2.78 ޕަސެންޓް ދަށްވެފައިވާ ކަމަށް ދައްކަ އެވެ. އަދި ފޯނުގެ ހިދުމަތުގެ އަގުތައް ވެސް ވަނީ -1.17 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ. މީގެ އިތުރުން ފެނުގެ އަގުތައް ވެސް –1.10 ޕަސެންޓް ދަށްވެފައިވެ އެވެ. 

ސީޕީއައި ނަގާ ގޮތް - ސީޕީއައި ހިސާބުކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

1
450
ޒުއްނޫރައިން
10 months ago

އެބުނާހެން ކަރަންޓް ބިލް ހަމަ ކުޑަ. ކީއްވެބާ؟؟؟ މި އީ ރިޔާސީ އިންތިހާބާ ގުޅުން ހުރި ކަމެއްބާ. ދެންހުރި އެނގޭ ހުރިހާ އެއްޗެއްވެސް އަގު ވާނީ ބޮޑުކަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.