ޗައިނާއާ ރަޝިޔާގެ ހާރިޖީ ވަޒީރުން ބައްދަލު ކުރައްވަނީ

ވަންގް ޔީ ލަވަރޯފް އާ ބައްދަލު ކުރައްވާއިރު އެމެރިކާގެ ގައުމީ ސަލާމަތުގެ އެޑްވައިޒަރު ޖޭކް ސުލިވާންއާ މި ހަފްތާ ބަންދުގެ ތެރޭގައި މޯލްޓާގައި ވަނީ ބައްދަލު ކުރައްވާފަ އެވެ.

ޗައިނާގެ އެންމެ އިސް ޑިޕްލޮމޭޓް ފޮރިން މިނިސްޓަރު ވަންގް ޔީ

ޗައިނާގެ އެންމެ އިސް ޑިޕްލޮމޭޓް އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރަޝިޔާއަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައި މިއަދު ރަޝިޔާގެ ފޮރިން މިނިސްޓަރު ސާރްގޭ ލަވްރޯފްއާއެކު ދި ގުކޮށް މަޝްވަރާތައް ބާއްވަވާނެ އެވެ.

ދެ ބޭފުޅުންގެ މޭޒުކޮޅު މައްޗަށް ގެންދެވޭ އެޖެންޑާގެ މައިގަނޑު ނުކުތާތަކަކަށް ވާނީ ޔޫކްރޭންގެ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމާއެކު ރަޝިއާ އާއި ޗައިނާގެ އަސްކަރީ އަދި އިގްތިސޯދާއި ވިޔަފާރީގެ ގުޅުންތައް މައްޗަށް އަޅިއަޅުވާލައްވައި މަޝްވަރާ ހިންގުމެވެ. 

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސެޕްޓެމްބަރު މަހުގެ 18 އިން 21 އަށް ވަންގް ޔީ ރަޝިއާއަށް ވަޑައިގަންނަވާނެ ކަމަށާއި އެއީ ހާއްސަ ބައްދަލުވުމަކަށް ވާނެ ކަމަށެވެ. 

އަދި ރަޝިޔާގެ ފޮރިން މިނިސްޓްރީން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަންގް ޔީ، ސަރުގޭ ލަވްރޯފްއާ ބައްދަލު ކުރައްވައި ބައިލެޓަރަލް ކޯޕަރޭޝަންގެ މައްސަލަތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ބައްދަލުވުން މިއަދާއި މާދަމާ މި އަންނަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި އުތުރު ކޮރެއާގެ ވަރުގަދަ ލީޑަރު ކިމް ޖޮންގް އުން ރަޝިއާގައި ބައްދަލު ކުރައްވާ އަސްކަރީ އެއްބާރުލުމުގެ ހެޔޮވަރު ސަމިޓެއް ބާއްވާފައި ވަނިކޮށް އޭގެ ފަހަތުންނެވެ. އެހެން ކަމުން މިއީ އެމެރިކާއަށް ވަރަށް ބޮޑު ނުތަނަވަސް ކަމަކަށް ވެގެން ދާނެ ކަމަކަށް ވާނެ އެވެ.

ވަންގް ޔީ އާއި ލަވަރޯފް އާ ބައްދަލު ކުރައްވާއިރު އެމެރިކާގެ ގައުމީ ސަލާމަތުގެ އެޑްވައިޒަރު ޖޭކް ސުލިވާންއާ ވެސް މި ހަފްތާ ބަންދުގެ ތެރޭގައި މޯލްޓާގައި ވަންގް ޔީ ވަނީ ބައްދަލު ކުރައްވާފަ އެވެ. 

މިދިއަ ހޮނިހިރު ދުވަހާއި އޭގެ ކުރީން ހުކުރު ދުވަހާ ވެސް އެކު ދެ ބޭފުޅުން ކުރިއަށް ގެންދިޔަ ދެ ދުވަހުގެ މަޝްވަރާތަކުގައި ވަންގް އެންމެ ބޮޑަށް ނެންގެވީ ޗައިނާގެ "މުގައްދަސް ބިންކޮޅެއް" ކަމަށް އެކަމަށް އެ ގައުމުން ބަލައިގެން އޮންނަ ޓައިވާންގެ މައްސަލަ އެވެ.

އޭނާގެ ވާހަކައަކީ ޗައިނާގެ ބިމެއް ޓައިވާން އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ދައުވާ ކޮށްގެން އުޅޭ އުޅުމުގެ ތެރެއަށް އެމެރިކާ އަމިއްލައަށް ވަދެ ޗައިނާ - އެމެރިކާގެ ގުޅުންތަކުގެ ރަތް ރޮނގު ހުރަހެއް ނުކުރެވޭނެ އެވެ. -- އަދި މިހާރު ވެސް އެމެރިކާއިން ވަނީ ޗައިނާގެ ސިޔާދަތީ މަސްލަހަތު އޮތް އެ މައްސަލައަށް ހުރަސް އަޅައި ޓައިވާން ދިފާއު ކުރާން ވައުދުތައް ވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.