"ތާއީދު ކުރާ ކެންޑިޑޭޓަކާއެކު މި ހަފުތާގައި ކެމްޕޭނަށް ދާނަން"

ރޭ ރިޔާޒް ރަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގަ އޭނާ ތާއީދުކުރާ ކެންޑިޑޭޓުއާއެކު މިހަފުތާގަ ކެންޕޭނަށް ނުކުންނާނެ ކަމަށެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ޕީޕީއެމްގެ ކުރީގެ މެންބަރު ތާއީދު ދެއްވަނީ ރައީސް ސޯލިހަށެވެ.

މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރާ ކެންޑިޑޭޓަކު ނިންމައި މި ހަފުތާގަ ކެންޕޭނަށް ނުކުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ރިޔާޒް ރަޝީދު ވިދާޅު ވެއްޖެ އެެވެ.

ރިޔާޒަކީ އިންތިހާބުގެ ފުރަތަމަ ބުރުގައި "ހާސް ކަނޑާލާ، ހަމަޖެހޭނެ" އެ ކެމްޕޭން ސްލޯންގަންއާއެކު އެއްބުރުން ގާސިމް ހޮވާނެ ކަމަށް ވިދާޅުވެ ކެމްޕޭން ކުރެއްވި ބޭފުޅެކެވެ. 

ވަރަށް ބޮޑު ނާކާމިޔާބީއަކާއެކު އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ބަލިވެވަޑައިގެންފައިވާއިރު އެ ޕާޓީން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ވެސް ނިންމާފަ އެވެ. 

ނަމަވެސް ގާސިމް އިބްރާހިމް ވަނީ އެ ޕާޓީގެ ލީޑަރުންނާއި މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއީދުކޮށް ވޯޓްލުމުގެ ހައްގު އޮތް ކަމަށް ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގެ ވަރަށް ގިނަ ބޭފުޅުންނާއި އާންމުން މެންބަރުންގެ ގިނަ ބަޔަކު ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

ރޭ ރިޔާޒް ރަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގަ އޭނާ ތާއީދުކުރާ ކެންޑިޑޭޓުއާއެކު މިހަފުތާގަ ކެންޕޭނަށް ނުކުންނާނެ ކަމަށެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ޕީޕީއެމްގެ ކުރީގެ މެންބަރު ތާއީދު ދެއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ނެގުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. 

ކޮމެންޓް

2
450
ހުސައިން803
10 months ago

ރިޔާޒުގެ ހިޔާލާތާއި ސިޔާސީ ފިކުރާއި ވިސްނުމަކީ އަސްލު ޕީ.ޕީއެމެވެ. ނަމަވެސް އިބޫކޮޅަށް އެރުންގާތީ، އެކަމަކު މިފަހަރު އިބޫއަށް ދެވަނަ ދައުރެއް ލިބުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެން ވެއްޖެއްޔާ ވިޔަފާރީގެ ގޮތުން ލިބޭނެ މަންފާއެއްވެސް އަދި އެޅޭނެބައެއްވެސް ނޯންނާނެއެވެ.

އަލިބެ
10 months ago

މުއިޒް ކޮޅަށް އަރަންވީ ނުންތޯ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.