ވިނަރެސް ފްލެޓް ފައިސާ ދިގު މުއްދަތުން ދައްކާ މީހުނަށް ފުރުސަތެއް

ހިޔާ މަޝްރޫއުގައި ހިމެނޭ 10 ޓަވަރުގެ މި ވިނަރެސް މަޝަރޫޢަކީ އާބަންކޯއިން ފުރަތަމަ ފަހަރަށް މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިންގާ ރައްޔިތުންނަށް ފޯރު ކޮށްދީފައިވާ މަޝްރޫއެކެވެ.

ވިނަރެސް ފްލެޓްތައް

ދިގު މުއްދަތަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތައް ޑައުންޕޭމެންޓް އަދަދުގެ 15 ޕަސެންޓް ދެއްކުމުން ގަނެ ވިއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް އާބަންކޯއިން ބުނެފި އެވެ.

އާބަންކޯއިން އަދި ބުނީ ތިން މަސްދުވަހުގެ ތެރޭގައި ޑައުންޕޭމެންޓްގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލު ކުރާނެ ކަމަށެވެ. އެއާއެކު ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އެސޫލްތަކަށް އަމަލު ކުރާނެ ކަމަށެވެ.

ވިނަރެސް އެޕާރްޓްމެންޓްތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އާބަންކޯ އިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވުނު މަޝްރޫއެކެވެ.

ހިޔާ މަޝްރޫއުގައި ހިމެނޭ 10 ޓަވަރުގެ މި ވިނަރެސް މަޝަރޫޢަކީ އާބަންކޯއިން ފުރަތަމަ ފަހަރަށް މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިންގާ ރައްޔިތުންނަށް ފޯރު ކޮށްދީފައިވާ މަޝްރޫއެކެވެ. 

ކޮމެންޓް

1
450
ފާއިޒާ
1 year ago

15 ޕަސެންޓަކީ ކިހާވަރެއްތޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.