ތުރުކީގައި ޓެސްލާގެ ފެކްޓަރީއެއް އަޅަން އުރުދުޣާން އެދިވަޑައިގެންފި

މިއަހަރުގެ މިހާތަނަށް ޓެސްލާގެ ހިއްސާ 123 ޕަސެންޓް އިތުރުވެފައިވާއިރު، ހޮނިހިރު ދުވަހު ބުނެފައި ވަނީ ފަސް މިލިއަން ވަނަ ކާރު އުފައްދާފައިވާ ކަމަށެވެ.

ރަޖަބް ތައްޔިބު އުރުދުގާން: ޓެސްލާގެ ކާރުހާނާއެއް ތުރުކީއަށް ގެންދަން ބޭނުންފުޅުވެ ވަޑައިގަންނަވާ

ޓެސްލާގެ ފެކްޓަރީ / ކާރުހާނާއެއް ތުރުކީގައި އަޅަން ޓެސްލާގެ ސީއީއޯ، ބިލިއަނަރު އެލޮން މާސްކްގެ އަރިހުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ބާރު އަޅުއްވައި އެކަމަށް އެދިވަޑައިގެންފި އެވެ. 

މިކަން ކަށަވަރުކޮށް ދެނީ ތުރުކީ ދައުލަތުގެ ނިއުސް އެޖެންސީންނެވެ. އެލޮން މަސްކާއި އުރުދުޣާން ބައްދަލު ކުރެއްވީ އެމރިކާގައި ހުންނަ ސްކައިކްރެޕާ، ޓާކިޝް ހައުސްގަ އެވެ. 

އުރުދުޣާން އެމެރިކާއަށް ވަޑައިގެންނެވީ އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. އެލޮން މަސްކާއި އުރުދުޣާންގެ ވާހަތަކާ ގުޅޭ ގޮތުން ބަހެއް ހޯދަން ރޮއިޓާސް ނިއުސް އެޖެންސީ އާއި އެހެންވެސް މީޑިއާތަކުން ޓެސްލާ އާއި ވޮޝިންޓަން ޑީސީގައި ހުންނަ ތުރުކީ އެމްބަސީގައި އެދުނު ނަމަވެސް ޖަވާބެއް ނުދެ އެވެ. 

އެލަން މަސްކް މިއަދު ކެލިފޯނިއާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް ބައްދަލު ކުރައްވާނެ އެވެ. އެލަން މާސްކް އޭނާގެ "އެކްސް" ގައި ޕޯސްޓް ކުރައްވާފައިވާ ގޮތުގައި ނަތަންޔާހޫއަށް ބަދަލު ކުރައްވާއިރު ދައްކަވާނެ ވާހަކަތައް ފޯކަސް ކުރާނީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ މައްޗަށެވެ.

ޓެސްލާއިން މިދިޔަ އޯގަސްޓް މަހު ވަނީ ހެޔޮ އަގު ގައި ލިބޭނެ ޓެސްލާ އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދާ ފެކްޓްރީއެއް އިންޑިއާގައި އަޅަން ޝައުގުވެރިވާކަން ފާޅު ކޮށްފަ އެވެ.

ޓެސްލާގެ މިހާރު ހަ ފެކްޓްރީ ހުރެ އެވެ. މެކްސިކޯގެ އުތުރުގެ ނިއުވޯ ލިއޮން ސްޓޭޓްގައި ޓެސްލާގެ ހަތް ވަނަ ފެކްޓްރީއެއް އަޅަމުން ދާއިރު، އެއީ ވެސް އިލެކްޓްރިކް ކާރު އުފައްދާ ކުންފުނިން ދުނިޔޭގެ އެ ވިޔަފާރި ފުޅާ ކުރަން ކުރާ މަސައްކަތުގެ ބައެކެވެ.

މާސްކް މެއި މަހު ވިދާޅުވީ މިއަހަރު ނިމޭއިރު އާ ފެކްޓްރީއެއް ހަދަން ޓެސްލާއަށް ލޮކޭޝަނެއް ހޮވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ޓެސްލާގެ ހިއްސާ 123 ޕަސެންޓް އިތުރުވެފައިވާއިރު، ހޮނިހިރު ދުވަހު ބުނެފައި ވަނީ ފަސް މިލިއަން ވަނަ ކާރު އުފައްދާފައިވާ ކަމަށެވެ.

ޓެސްލާ ހިންގުމުގެ އިތުރުން އެލޮން މާސްކް ވަނީ 2022 ވަނަ އަހަރު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަނެ  ބަދަލުތައް ގެނެސް ނަން "އެކްސް" އަށް ބަދަލު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.