ދެވަނަ ބުރުގައި ރީ-ރަޖިސްޓަރީ ކުރަން 47،000 އަށްވުރެ ގިނަ ފޯމު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލާން ރީ-ރަޖިސްޓާ ކޮށްފައި ވަނީ 42،867 މީހުންނެވެ. އެފަހަރު ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން 79 ޕަސެންޓް މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މީހަކު ވޯޓުލަނީ: ދެވަނަ ބުރުގައި 47،000 އަށްވުރެ މީހުން ވަނީ ރީ-ރަޖިސްތްރީ ކޮށްފައި -- މި

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް 47،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކުރަން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އީސީ އިން މިއަދު ބުނެފައި ވަނީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީ ކުރަން ހުޅުވައިލި ތިން ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި، އީސީގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލްޕޮއިންޓްތައް މެދުވެރިކޮށް 47،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރެއިން؛

  • 19،000 އަށްވުރެ ގިނަ ފޯމް ޕްރޮސެސްކޮށް ނިމިއްޖެ
  • 27،000 އަށްވުރެ ގިނަ ފޯމް ވަނީ ސައްހަކަން ކަށަވަރު ކުރުމުގެ މަރުހަލާގައި

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެފައި ވަނީ ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން ކަމަށެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމް އެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް މީހުން ހުށަހެޅި ފޯމުތައް ޕެންޑިންގައި އިންނާތީ، އަލުން ފިޒިކަލް ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

"[ފޯމުތަކުގެ] ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ހިއްސާ ކުރާނެ،" ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލާން ރީ-ރަޖިސްޓާ ކޮށްފައި ވަނީ 42،867 މީހުންނެވެ. އެފަހަރު ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން 79 ޕަސެންޓް މީހުންނެވެ. ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން ޕާޓީތަކުން ވަނީ ފޯމު ފުރައިދީފަ އެވެ. ޕާޓީތަކުން ބަލްކުކޮށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން ވަކިވަކި މީހުންނަށް ގުޅަމުންދާނެ ކަމަށް އީސީން ބުންޏެވެ. އީސީން އެހެން ބުނެފައި ވަނިކޮށް ވަގު ފޯމު އަޅާ ކަމުގެ ތުހުމަތުތައް އިދިކޮޅު ޕީޕީއެމް އިން ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.