ޓޫރިޒަމް ޑެއިލީ އެރައިވަލް މައްޗެއް ނުވޭ - މިއީ ނުތަނަވަސްކަމެއް

މިމަހު ޓޫރިޒަމް ޑެއިލީ އެވްރެޖު 5،000 އަށް އުފުލުމަށްފަހު މިހާރު ވަނީ 3،000 އަށް ވެއްޓިފަ އެވެ. އޮފް ސީޒަން ނިމެންދާއިރު ފެންނަ މި ނަތީޖާއަކީ ނުތަނަވަސް ކަމެކެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް: ޓޫރިޒަމް ދުވެލި މަޑުވެފައި ވުމުގެ ގިނަ އަލާމާތްތައް ފެނޭ

ޓޫރިޒަމް ރަނގަޅުވާ ކަމަށް ފެނުނު ނަމަވެސް ކޮންމެ ދުވަހަކު އަންނަ ޓޫރިސްޓުން ނުވަތަ ޑެއިލީ އެރައިވަލް ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ. 

މި މަހުގެ 13 އިގެ ނިޔަލަށް ބަލާއިރު ރާއްޖެއަށް އެވްރެޖުކޮށް އައިސްފައި ވަނީ 3,585 އާއި 4،000 އާ ދެމެދުގެ އަދަދެއްގެ ޓޫރިސްޓުންނެވެ. މިއީ ޑެއިލީ އެވަރޭޖް 5،000 ގައި ހުރުމަށް ފަހު ދަށްވި ދަށްވުމެކެވެ. 

ތަޖުރިބާކާރުންގެ ނަޒަރުގައި - ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޓޫރިޒަމްގެ އޮފް ސީޒަން ނިމުމަކަށް ދިޔަ ނަމަވެސް ޓޫރިޒަމަށް އެވަރުގެ ކުރިއެރުމެއް މިދިޔަ އަހަރުތަކާ އަޅާ ބަލާއިރު ނުފެނެ އެވެ.

މީގެ ސަބަބެއްގެ ގޮތުގައި ތަޖުރިބާކާރުން ވިދާޅުވަމުން ދަނީ ރާއްޖެއާ ވާދަވެރި މާކެޓުތައް ހުޅުވައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރާއްޖެއަށް އެވަރަށް މަސައްކަތް ނުކުރެވާއި ރާއްޖޭގެ ޓޫރިޒަމް ޓެކްސް ރޭޓްތަކަށް ގެނައި ބަދަލުގެ އަސަރު ކުރުމެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް ހިއްސާކުރާ ޓްރެވަލް އެޖެންޓުން ތަމްސީލް ކުރާ ޖަމިއްޔާ މަޓާޓޯއިން ވެސް ވަނީ މިކަން ފާހަގަ ކޮށްފަ އެވެ. 

މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މިމަހު އައިސްފައި ވަނީ ޖުމްލަ 48,064 ޓޫރިސްޓުންނެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 44,145 މީހުންނާ އަޅާބަލާނަމަ 8.9 ޕަސެންޓުގެ ދަށްވުމެކެވެ. 

މި އަހަރަށް އާ ޓާގެޓެއް - ސަރުކާރުން ކުރިން އަންދާޒާކުރީ މި އަހަރު 1.8 މިލިއަން މީހުން އަންނާނެ ކަމަށެވެ. ނަމަވެސް މިހާރުގެ އަންދާޒާއަކީ 1.9 މިލިއަން މީހުން އައުމެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,070,765 މިލިއަން މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 942,451 މީހުންނާ އަޅާބަލާނަމަ 13.6 ޕަސެންޓުގެ އިތުރުވުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.