ގޭންގުތަކާ ގުޅުވާތީ މުއިއްޒު ރައްދު ދެއްވައިފި، ފަތުރަނީ ބުހުތާނު ދޮގު

"އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން. ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް އަތެއް ނުލާނަން. ރައްޔިތުންނަށް ލިބޭ ފުރުސަތެއް ބަންދެއް ނުކުރާނަން. އިތުރު ފުރުސަތު ހޯދަ ދޭނީ އިރާދަކުރެއްވިއްޔާ،"

ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ގޭންގުތަކާއި ގުޅުވާ ދައްކާ ވާހަކަތަކަށް އެމަނިކުފާނު މިރޭ ރައްދު ދެއްވައިފި އެވެ.

ވާދަވެރީން ގެންދަނީ މުއިއްޒަށް ތަފާތު ތުހުމަތުތައް ކުރަމުންނެވެ. ފުރަތަމަ މުއިއްޒާ ގުޅުވީ ދީނީ ޖަމިއްޔާ ސަލަފާ އެވެ. އޭގެ ފަހުން މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކާ މުއިއްޒާ ގުޅުން އޮންނަ ކަމަށް ބުނެ ދަނީ ވާހަކަ ފަތުރަމުންނެވެ. އަދި މުއިއްޒުގެ ސަރުކާރެއްގައި ކެބިނެޓަށް އައްޔަން ކުރައްވާނެ ބޭފުޅުން ނިިންމާފައިވާ ކަމަށް ބުނެ ލިސްޓެއް ވެސް ދަނީ ދައުރު ކުރަމުންނެވެ.

ށ. ފުނަދޫގައި މިރޭ އޮތް ޖަލްސާ އެއްގައި މުއިއްޒު ވިދާޅުވީ އެ ވާހަކަތަކާއި ގުޅިގެން ރައްޔިތުން ސުވާލު ކުރާތީ ހަގީގަތް ހާމަކޮށް ދެއްވުމަށް އެ ވާހަަކަތަކަށް ރައްދު ދެއްވަން ބޭނުންފުޅުވާ ކަމަށެވެ. ގޭންގުތަކާއި ގުޅުން އޮންނަ ކަމަށާ މުއިއްޒުގެ ވެރިކަމެއްގައި ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ގޭންގު ލީޑަރަކު ގެންނަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކީ ބުހުތާނު ދޮގު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އަދި ނުނިންމަން އެއްވެސް މަގާމަކަށް ލާނެ މީހަކު،"

މުއިއްޒު ވިދާޅުވީ ދުވަހަކުވެސް އޭނާގެ ކިބައިން އެފަދަ ކަމެއް ފެނިވަޑައިނުގަންނަވާނެ ކަމަށެވެ.

ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މީގެ އިތުރުން މިހާރު އޮތް ވެރިކަން ބަދަލުވެއްޖެނަމަ ޕްރޮޖެކްޓައް ހުއްޓޭނެ ކަމަށާ ވަޒީފާތަކުގައި ތިބި މީހުން ވަކިކުރާނެ ކަމަށް ބުނެ ވާދަވެރީން ދައްކަމުންދާ ވާހަކަތަކަށް ވެސް މުއިއްޒު ރައްދު ދެއްވި އެވެ.

މުއިއްޒު ވިދާޅުވީ މިހާރު ހިނގާ ޕްރޮޖެކްޓްތަކާއި އިންތިހާބަށް ނަމެއްގަައި ފެށި ޕްރޮޖެކްޓްތަކާއި ފަށާފައި ކުރިއަށް ނުގޮސް ހުރި ޕްރޮޖެކްޓްތައް ވެސް އޭނާގެ ވެރިކަމެއްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ވަޒީފާގައި ހުރި އެއްވެސް މީހުން ވަކި ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން. ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް އަތެއް ނުލާނަން. ރައްޔިތުންނަށް ލިބޭ ފުރުސަތެއް ބަންދެއް ނުކުރާނަން. އިތުރު ފުރުސަތު ހޯދަ ދޭނީ އިރާދަކުރެއްވިއްޔާ،"

މުއިއްޒު ވިދާޅުވީ ފެނަކައާ އާރުޑީސީ އުވާލާނެ ކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތައް ކަމަށެވެ. އެދިވަޑައިގަތީ އެފަދަ ވާހަކަތައް އަޑު ނޭހުމަށާއި ގަބޫލު ނުކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.