ރި-ރެޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް ކަމާ ނުބެހޭ މީހަކަށް ނޯންނާނެ: އީސީ

ކޮމިޝަންގެ ނާއިބު ރައީސް / ތަރުޖަމާން އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް ފަރާތަކަށް ދީފައެއް ނޯންނާނެ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް --

ރި-ރެޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް ކަމާ ނުބެހޭ މީހަކަށް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ރި-ރެޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރަކާއި ސިޔާސީ ޕާޓީއަކަށް ދީފައިވާ ކަމަށް ބުނެ ބަޔަކު ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

ކޮމިޝަންގެ ނާއިބު ރައީސް / ތަރުޖަމާން އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް ފަރާތަކަށް ދީފައެއް ނޯންނާނެ އެވެ.

އަދި ރިޔާސީ އިންތިހާބުގެ ރީ ރެޖިސްޓްރޭޝަން އޮންލައިން ޕޯޓަލް ހެކް ކުރުމަށް ބޭރުން މަސައްކަތް ކޮށް ނުވަތަ އެޓޭކްތަކެއް ދޭން އުޅުނަސް އެކަން ދެނެގަނެ ހައްލު ކުރުމުގެ ގާބިލުކަން އީސީ ގައި ގާއިމުކޮށްފައި ހުންނާނެ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވަނީ  ރީ-ރަޖިސްޓްރޭޝަން ޕޯޓަލް އާ މެދު ހަގީގަތާ ހިލާފު ހަބަރުތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީން ވަނީ ރި-ރެޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެހެން ބަޔަކަށް ދީފައިވާ ކަމަށް ބުނާ ވާހަަކަތަކުގެ ކަންބޮޑުވުންތަކާއި ގިނަ ފޯމްތަކެއް ރި-ރަޖިސްޓްރޭޝަނަށް ހުށައެޅި ފޯމްތައް ގިނަވުމުން އެއީ ސައްހަ ފޯމްތަކެއްތޯ ކަށަވަރު ކުރަން އެދި ކޮމިޝަނަށް ގޮސްފައެވެ.

އިދިކޮޅުން އަމަލު ކުރާ ގޮތާމެދު އެމްޑީޕީން ކަންބޮޑުވެއެވެ. އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވަނީ ރައްޔިތުންނަށް އޮތް ވޯޓް ލުމުގެ ހައްގު ނިގުޅައިގަތުމަށް ޕީޕީއެމް / ޕީއެންސީން ކުރާ ކަންކަން ވަގުތުން ހުއްޓާލާ ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.