ރައީސްގެ ކެމްޕެއިން: ކޮންމެ ދުވަހަކު މާލޭގެ ގެތަކަށް ވަޑައިގަންނަވަނީ

ރައީސްގެ ކެމްޕެއިން ޓީމުން ބުނި ގޮތުގައި ރައީސްގެ ކެމްޕެއިން ގައި މި ފަހަރު އެންމެ ބޮޑު ފޯކަހެއް އޮތީ މާލެ ސިޓީ އަށެވެ. މާލެ ސިޓީގައި ދޮރުން ދޮރަށް ހިންގެވުން އިތުރު ކުރައްވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލޭ ސިޓީގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލޭ ސިޓީގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް އިތުރަށް ފުޅާކުރައްވަން ނިންމައިފި އެވެ.

ރައީސް މިއަދު ވަނީ މައްޗަންގޮޅީ އުތުރުގެ ދާއިރާގެ ބައެއް ގެތަކާއި މާފަންނު އުތުރު ދާއިރާގެ ބައެއް ގެތަކަށް ވަޑައިގެންފައެވެ.

ރައީސްގެ ކެމްޕެއިން ޓީމުން ބުނި ގޮތުގައި ރައީސްގެ ކެމްޕެއިން ގައި މި ފަހަރު އެންމެ ބޮޑު ފޯކަހެއް އޮތީ މާލެ ސިޓީ އަށެވެ. މާލެ ސިޓީގައި ދޮރުން ދޮރަށް ހިންގެވުން އިތުރު ކުރައްވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލޭ ސިޓީގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް

މިއަދުން ފެށިގެން ކޮންމެ ދުވަހަކު މާލެ ސިޓީގައި ދޮރުން ދޮރަށް ހިންގެވުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ކެމްޕެއިން ޓީމުން ބުންޏެވެ.

"އަމާޒަކީ 30 ވަނަ ދުވަހުގެ ކުރީން މާލެ ސިޓީގެ ހުރިހާ ދާއިރާތަކެއްގެ ގިނަ ގެތަކަށް ރައީސް ވަޑައިގަތުން،"

ރައީސަށް ތާއީދު އިތުރު ކުރެއްވުމަށް މާލެ ސިޓީގައި މެޑަމް ފަޒްނާ އަހްމަދު ވެސް ދޮރުން ދޮރަށް ހިންގަވާފައެވެ. އިއްޔެ ވަނީ ވިލިމާލެ އަށް ވަޑައިގެން ވެސް އާންމުންނާއި ބައްދަލު ކުރައްވާ ގެތަކަށް ވަޑައިގެންފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލޭ ސިޓީގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް

އަދި މިއަދު ހުޅުމާލެ ހިޔާ އަވަށް ވެސް ވަޑައިގަތެވެ. އެ އަވަށުގައި ހުރި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާއި ބައްދަލު ކުރެއްވި އެވެ.

ރައީސް ވެސް ވަނީ ގޭގެއަށް ވަޑައިގެން އާންމުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. ވަކިވަކީން ވެސް އާންމުންނާއި ބައްދަލު ކުރައްވާ އެ މީހުންގެ ޝަކުވާތައް އެއްސެވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލޭ ސިޓީގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތީ މި މަހުގެ 30 ވަނަ ދުވަހު އެވެ. 

ދެވަނަ ބުރުގައި ރައީސާ ވާދަ ކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ކެމްޕެއިން ގައި މިހާރު އުޅުއްވަނީ އުތުރުގެ ރަށްތަކަށް ވަޑައިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.