ނަޝީދާ ބައްދަލު ކުރައްވަން ޔާމީން ބޭނުންފުޅެއް ނުވި

ކަރެކްޝަނުން ދެންމެ ބުނީ އެ ސިޓީއާ ގުޅިގެން ރައީސް ޔާމީނާ އެކަން ހިއްސާ ކުރެއްވި ކަމަށެވެ. އެމަނިކުފާނު ނަޝީދާ ބައްދަލު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަދި ރައީސް މުހައްމަދު ނަޝީދު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން ނަމަވެސް އެކަމާއި ރައީސް ޔާމީން ދެކޮޅު ހައްދަވައިފި އެވެ. 

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނާ ބައްދަލުކުރެއްވުގެ ހުއްދައަށް ނަޝީދު އެދިވަޑައިގެންފައި ވަނީ މަޖިލީސް އިދާރާ މެދުވެރިކޮށެވެ. އެ އިދާރާގެ ނަމުގައި ހޯމް މިނިސްޓްރީއަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. ހާއްސަ ހުއްދައެއްގެ ދަށުން މަތީ ފަންތީގެ ބޭފުޅުންނަށް ގައިދީންނާ ބައްދަލުކުރެވޭނެ އެވެ.

ކަރެކްޝަނުން ދެންމެ ބުނީ އެ ސިޓީއާ ގުޅިގެން ރައީސް ޔާމީނާ އެކަން ހިއްސާ ކުރެއްވި ކަމަށެވެ. އެމަނިކުފާނު ނަޝީދާ ބައްދަލު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

ނަޝީދު ޔާމީނާ ބައްދަލުކުރައްވަން އެދިވަޑައިގެންފައި ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ މަޝްވަރާއަށެވެ. މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެކަމަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ މަޝްވަރާއަށް ރައީސް ޔާމީނާ ބައްދަލުކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައި ވަނީ އިއްޔެ އެވެ.

"ރައީސް ޔާމީނު އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 25 ސެޕްޓެމްބަރު ދުވަހުގެ ކުރީގައި އެ ވޯޓު ނެންގެވުމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާއި، އަޅުގަނޑުމެންނަށް އެ ކަމުގައި އެހީތެރިވެވޭނެ ގޮތެއް އޮތްނަމަ އެ ވާހަކަ،" ނަޝީދު އިއްޔެ ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީ އަދި ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް ނަޝީދުގެ ދަ ޑިމޮކްރެޓްގެ ފަރާތުން ހުށަހެޅީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. ޕީއެންސީން އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުން ނުވާތީ ޑިމޮކްރެޓްސް އިން ވަނީ އެ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ވިސްނުން ދޫކޮށްލާފަ އެވެ. އެމްޑީޕީން އަދި އެ ހުށަހެޅުމަށް ވަކި ގޮތެއް ނުނިންމަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.