ޖޭޕީގެ އެސްޖީގެ މަގާމަށް އަޒްލީން އައްޔަން ކޮށްފި

އާރިފް އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ އޮތް ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ފަހު އެވެ. އޭނާ ވަނީ އެ މަގާމުން ވަކިވާކަން ހާމަކޮށް ޕާޓީގެ އިދާރީ މުވައްޒިފުންނާއި ވެސް ބައްދަލު ކޮށްފަ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު: ޖޭޕީގެ އެސްޖީގެ މަގާމަށް ވަނީ އައްޔަނުކޮށްފައި --

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަނުކޮށްފި އެވެ.

ޖޭޕީގެ އެސްޖީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ އާރިފް އިއްޔެ އިސްތިއުފާ ދިނުމުންނެވެ. އާރިފް އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ އޮތް ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ފަހު އެވެ. އޭނާ ވަނީ އެ މަގާމުން ވަކިވާކަން ހާމަކޮށް ޕާޓީގެ އިދާރީ މުވައްޒިފުންނާއި ވެސް ބައްދަލު ކޮށްފަ އެވެ.

އާރިފް އިސްތިއުފާ ދެއްވުމުން އެ މަގާމަށް އަޒްލީން އައްޔަނުކޮށްފައި ވަނީ ގާސިމްގެ އެންގެވުމަށެވެ.

އާރިފް އިއްޔެ އިސްތިއުފާ ދެއްވާފައިވާއިރު، ޖޭޕީ އިން އިއްޔެ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފަ އެވެ. ދެވަނަ ބުރަށް އެންމެ ގިނަ ވޯޓާއެކު ވަޑައިގެންނެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ އާރިފްގެ ބޭބެއެކެވެ.

ގިނަ އެޑްވައިޒަރުންނާއި ބޮޑު ޓީމަކާއެކު ރިޔާސީ ރޭހަށް ނިކުންނެވި ގާސިމް އިބްރާހިމަށް މި ފަހަރު ލިބިވަޑައިގަތީ 5،000 އެއްހާ ވޯޓެވެ. އެއީ އިންތިހާބެއްގައި ގާސިމަށް ލިބިވަޑައިގެން އެންމެ ދަށް ނަތީޖާ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.