ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނާތަކުގެ ފީ ކުޑަކޮށްފި

އެމްޕީއެލް އިން ވަނީ ކޮންޓެއިނާ އުފުލުމާއި ހޭންޑްލިންގެ އަގުން 25 ޕަސެންޓް ކުޑަ ކޮށްފަ އެވެ.

ހުޅުމާލެ ވިޔަފާރި ބަނދަރު: އެމްޕީއެލްއިން ގެނައި ބަދަލުން ބޮޑު ލުޔެއް އަންނާނެ -- އެމްޕީއެލް

މާލެ އާއި ރީޖަނަލް ބަނދަރުތައް ބަލަހައްޓާ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުން ނަގާ އަގުތައް ކުޑަކުރަން ނިންމައިފި އެވެ.

އެމްޕީއެލް އިން ބުނީ ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުގެ ވޯފޭޖް ޗާޖް އާއި ހޭންޑްލިން އަދި ސްޓީވަޑޯރިން ފީ އަދި އެމްޕްޓީ އަންލޯޑިން އަދި ހޭންޑްލިން ޗާޖަސްގެ އަގު ވެސް ވަނީ 25 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށެވެ. 

އެމްޕީއެލް އިން ކުޑަކުރި ފީތައް

  •  ވޯފޭޖް ޗާޖް
  •  ހޭންޑްލިން
  •  ސްޓީވަޑޯރިން
  •  އެމްޕްޓީ އަންލޯޑިން
  •  ހޭންޑްލިން ޗާޖަސްގެ

އެމްޕީއެލް މި ބަދަލު ގެނެސްފައިވަނީ މިދިޔަ ހުކުރުން ފެށިގެންނެވެ. މި ބަދަލާއެކު މާލޭގެ މައި ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ކުންފުނީގެ ސަރަހައްދީ ބަނދަރު ތަކަށް ގެންދާ ކޮންޓެއިނަރުތަކަށް ނަގާ އަގުތައް ކުޑަވާނެ އެވެ. 

މި ބަދަލުގެ ނަތީޖާއަކީ ކޮބާ ؟ މި ބަދަލާއެކު ޑޮމެސްޓިކް ޓްރާންޝިޕްމަންޓަށް ނަގާ ފީތައް ކުޑަވުމުން ކްލިއަކުުރުނުގެ ފީވެސް ކުޑަވެގެންދާނެ އެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކަށް މުދާ ލިބުމުގައި އަވަސް ވެގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.