އިޓަލީގެ އެއާފޯސް ޖެޓެއް ގޮވައި ކުއްޖަކު މަރުވާ އާއިލާ ފިހިއްޖެ

އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފަރިތަ ކުރުމުގައި ހިމެނޭ ޖެޓްތައް ފޯމޭޝަނެއް ހެދުމަށް އުދުހިގަތްތާ މާ ގިނައިރުތައް ނުވެ ދޫނި ބައިގަނޑެއްގައި ޖެހިފައި ވެއެވެ. ޖެޓެއް ގޮވައި ވެއްޓުނު މައިގަނޑު ސަބަބަކީ އެއީ އެވެ.

ވެއްޓުނު ޖެޓްގައި ރޯވެ އުފެދުނު ވަރުގަދަ އަލިފާންގަނޑު: މިހާދިސާގައި ކުޑަ ކުއްޖަކު މަރުވި އިރު އޭނާގެ އާއިލާ ވަނީ ފިހިފައި

އިޓަލީގެ އެއާފޯސްގައި ހިމެނޭ އެރޮބެޓިކްސް ސްކޮޑްރަންގެ ޖެޓެއް ފަރިތަ ކުރުމެއްގެ ތެރޭގައި އުދުހެނިކޮށް ހޮނިހިރު ދުވަހު އަލިފާން ރޯ ވެގެން ވެއްޓި ފަސް އަހަރުގެ ކުއްޖަކު މަރުވެ އޭނާގެ ނުވަ އަހަރުގެ ބޭބެ އާއި މަންމަ އާއި ބައްޕަ ފިހިއްޖެ އެވެ.  

އެ އާއިލާގެ އެއް މެންބަރު މަރުވެ އެހެން މެންބަރުން ފިހުނީ ބޯޓްގައި އަލިފާން ރޯވެ ގޮވި ވަގުތު ވެއްޓުނު އަލިފާން ބޯޅައެއްހެން ހުޅު ހިފާފައިވާ މަތިން ބޯޓުގެ މާސިންގާ ބައެއްގެ އެމީހުންގެ ކާރުގެ މައްޗަށް ވެއްޓި އޭގެ ދަށު ވެގެނެވެ. 

އިޓަލީގެ ފަޔާ ބްރިގޭޑުން ބުނާ ގޮތުގައި އެމްބީ-339 ޖެޓް ގޮވާފައި ވަނީ އުތުރުގެ ސިޓީއެއް ކަމަށްވާ ޓޫރިން ކައިރީގައި ޕްރެކްޓިސް ދުވުމެއްގެ ތެރޭގައި އުޅެނިކޮށް ހޮނިހިރު ދުވަހު އެވެ. ބޯޓު ވެއްޓިފައި ވަނީ އެއާޕޯޓް ހިމެނޭ ސަރަހައްދުގެ ތެރެއަށެވެ. 

ހާ ދިސާގައި ޕައިލެޓް ވަނީ އަލިފާން ރޯވުމާއެކު ޕެރަޝޫޓް ބޭނުންކޮށްގެން ސަލާމަތް ވެފައެވެ. ނަމަވެސް ފިހުމާއެކު އެހެން އަނިޔާތައް ވެފައިވާތީ އޭނާއަށް ވެސް ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ފަރުވާ ދެމުންދަނީ ޓޫރިންގެ ޖިއޮވާނީ ބޮސްކޯ ހޮސްޕިޓަލުގަ އެވެ. މަރުވި ފަސް އަހަރުގެ ކުއްޖާ އާއި އާއިލާގެ އެހެން މެންބަރުން ތިބި ކާރު ދުއްވީ އެއާޕޯޓާ ގުޅިފައިވާ ރަށްރަށުގެ މަގެއްގަ އެވެ. ފިހިފައިވާ އޭނާގެ ބޭބެ އާއި މަންމަ އާއި ބައްޕައަށް ޓޫރިންގެ ރެޖިނާ މާގޭރިޓާ ޗިލްޑްރަންސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އިޓަލީގެ ވައިގެ ސިފައިންގެ ބައެއް ކަމަށްވާ ފްރެޗޭ ޓްރިކޮލޯރީ އެރޮބެޓިކް ޖެޓްތަކުގެ ފަރިތަ ކުރުމެއް ކުރިޔަށް ގެންދިޔައީ ވައިގެ ސިފައިންނަށް 100 އަހަރު ފުރުން ފާހަގަ ކުރާށެވެ، އެވެ.  

އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފަރިތަ ކުރުމުގައި ހިމެނޭ ޖެޓްތައް ފޯމޭޝަނެއް ހެދުމަށް އުދުހިގަތްތާ މާ ގިނައިރުތައް ނުވެ ދޫނި ބައިގަނޑެއްގައި ޖެހިފައި ވެއެވެ. ޖެޓެއް ގޮވައި ވެއްޓުނު މައިގަނޑު ސަބަބަކީ އެއީ އެވެ. 

އިޓަލީގެ ވައިގެ ސިފައިން ބުނީ ޖެޓް ވެއްޓުމުން ވަރަށް ބޮޑަށް "މާޔޫސްވެ ހައިރާންވެފައިވާ" ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.