ދެ ދުވަހުން 25،000 މީހުން ރީ-ރަޖިސްޓްރީ ކޮށްފި

"އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިން ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ. ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެ،" ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މީހަކު ވޯޓުލަނީ: ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް ވަނީ ހުޅުވާލައިފައި -- މި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ނޫން އެހެން ތަނެއްގައި ރީ-ރަޖިސްޓްރީ ކުރަން ހުޅުވައިލުމުން ދެ ދުވަހުގެ ތެރޭގައި 25،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވައިލީ މިދިޔަ ހުކުރު ދުވަހު އެވެ. މިއަދުގެ 4:00 އާ ހަމަޔަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލި ފުރަތަމަ ފުވަހު 9،206 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އިއްޔެ 16،287 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ޖުމްލަ 25،493 ފޯމް ލިބިފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.

އެންމެ ގިނަ ފޯމް ހުށަހަޅާފައި ވަނީ އޮންލައިންކޮށެވެ. އެގޮތުން މީގެ ތެރެއިން 18،349 ފޯމު ލިބިފައި ވަނީ އޮންލައިންކޮށް ކަމަށް ވެސް ހަބީބް ފާހަގަކުރެއްވި އެވެ.

ހަބީބް ވިދާޅުވީ މީގެ ތެރެއިން ގިނަ ފޯމުތައް ބަލައިގަނެ ދެވަނަ ބުރުގައި ވޯޓްލުމަށް ގިނަ ބަޔަކު ރީ-ރަޖިސްޓާ ކޮށްދީފައިވާއިރު، އެކި ސަބަބުތަކާކުރެ ގިނަ ފޯމުތަކެއް ރިޖެކްޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހުރިހާ މައުލޫމާތެއް ފުރިހަމަ ނުވުން ހިމެނެ އެވެ.

  •  10،271 މީހުން ރީ-ރަޖިސްޓްރީ ކޮށްދީފި
  •  1،546 ފޯމު ރިޖެކްޓް ކޮށްފި

"އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިން ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ. ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެ،" ހަބީބް ވިދާޅުވި އެވެ.

ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ ވޯޓުލެވޭ އާބާދީގެ 70 ޕަސެންޓް މީހުންނެވެ. މިފަހަރު ވޯޓްލާން ދާނެ މީހުންގެ އަދަދު ގިނަވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.