ދެވަނަ ބުރަށް އެންމެ ގިނަ ވޯޓާއެކު ވަޑައިގެންނެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ އާރިފްގެ ބޭބެއެކެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލީ އާރިފް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު އޮތް ޖޭޕީގެ ކައުންސިލް ބައްދަލްވުމަށް ފަހު އެވެ. އެކަން އެ ޕާޓީން ވަނީ ޔަގީން ކޮށްދީފައެވެ. އަލީ އާރިފް ވަނީ އެ މަގާމުން ވަކިވާކަން ހާމަކޮށް ޕާޓީގެ އިދާރީ މުވައްޒިފުންނާއި ވެސް ބައްދަލު ކޮށްފައެވެ.
އިދާރީ ގޮތުން ޕާޓީ ހިންގުމުގެ އެންމެ އިސް ޒިންމާއެއް އޮންނަނީ ސެކްރެޓަރީ ޖެނެރަލަށެވެ.
ޖޭޕީގެ އެސްޖީގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވިއިރު އެ ޕާޓީން މިއަދު ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. ދެވަނަ ބުރަށް އެންމެ ގިނަ ވޯޓާއެކު ވަޑައިގެންނެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ އާރިފްގެ ބޭބެއެކެވެ.
ގިނަ އެޑްވައިޒަރުންނާއި ބޮޑު ޓީމަކާއެކު ރިޔާސީ ރޭހަށް ނިކުންނެވި ގާސިމް އިބްރާހިމަށް މި ފަހަރު ލިބިވަޑައިގަތީ 5،000 އެއްހާ ވޯޓެވެ. އެއީ އިންތިހާބެއްގައި ގާސިމަށް ލިބިވަޑައިގެން އެންމެ ދަށް ނަތީޖާ އެވެ.
އަލީ އާރިފްގެ ބޭބެއަކަށް މުއިޒްވާނެ އެއްގޮތެއްވެސް ނޭގޭ. މުއިޒު ވިއްޔާވާނީވެސް އާރިފްގެ ކޮއްކޮއަކަށް.