ކަންނެލީގެ އަގު މަތި ނުކޮށްގެން ރުޅިގަދަވެއްޖެ

ބޮޑު ކަންނެލި ޔޫނިއަން އިން ވަނީ އިންތިހާބީ ކެނޑިނޭޓުނަށް ޑޮލަރުން ފައިސާ ދޭން ޝަރުތުކޮށް ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ.

ކަންނެލި މަސްވެރިން 2020 ގައި މާލެ ކައިރީގައި މުޒާހަރާ ކުރަނީ -- ޔޫނިއަން

ކަޅުބިލަ މަހުގެ އަގު މިއަދުން ފެށިގެން ބޮޑު ކުރި ނަމަވެސް ކަންނެލީގެ އަގަށް އެއްވެސް ބަދަލެއް ނުގެންނާތީ މަސްވެރިން ޝަކުވާ ކުރަން ފަށައިފި އެވެ. 

ކަންނެލި މަސްވެރިންގެ ޖަމިއްޔާ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނި ގޮތުގައި އީޔޫ އަދި ޔޫކޭ އަށް މަހުގެ ޑިއުޓީ ކަނޑާލުމުން ބޮޑު ކަންނެލި ގަންނަ އަގު ބޮޑު ކުރެވޭނެ ކަމަށް އަބަދު ވެސް ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް ކަނޑުމަސް ގަންނަ އަގު ކިލޯއަކުން އަށް ރުފިޔާ ބޮޑުކުރިއިރު ކަންނެލި މަސްވެރިންނަށް އޮތީ ކޮން ގޮތެއް ތޯ އެ ޖަމިއްޔާ އިން ވަނީ ސުވާލު އުފައްދާފަ އެވެ. 

ބޮޑު ކަންނެލި ޔޫނިއަން އިން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންނަށް ހާއްސަކޮށް ހުށަހެޅުން ތަކެއް ވެސް ހުށަހަޅާފަ އެވެ. މީގެތެރޭގައި އެމީހުންނަށް ދޭ ފައިސާ ޑޮލަރުން ދިނުން ހިމެނެ އެވެ. 

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާން ދެ ހަފުތާއަށް ކުޑަތަންވެފައިވަނިކޮށް ސަރުކާރުން ރޭވަނީ އީޔޫއިން ނަގާ ޑިއުޓީ ކުޑަކުރަން އުޅޭ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ބުނެ ކަނޑު މަސް ކިލޯއެއްގެ އަގު 17ރ. އިން 25ރ. އަށް ބޮޑުކޮށްފަ އެވެ. 

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިފްކޯ އިން ރޭ ބުނި ގޮތުގައި މި ބަދަލު ގެންނަން ނިންމީ ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަން ސަރުކާރަށް ޔަގީން ކުރެވުމާއި ގުޅިގެންނެވެ. މަހަަށް ހަމަ އަގު ހޯދާ ދިނުމަށް ޔޫރަޕަށް ބޭކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލަން ސަރުކާރުން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެކި ލެވެލްގައި ސަރުކާރުން ވަނީ އެކަމުގެ މަޝްވަރާތައް ކުރި އަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. 

ކަންނެލި މަސްވެރިކަން - ރާއްޖޭގެ ބާޒާރުގައި ކަންނެލި ގަންނަމުން ދިޔަ ފަސް އަހަރުތެރޭ މަތިވެފައެއް ނެތެވެ. ކަންނެލި ކިލޯއެއް އެވްރެޖުކޮށް 68.67ރ. އަށް ގަތް ނަމަވެސް މިދިޔަ އަހަރު ގަތީ 57ރ. އަށެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަންނެލި ކިލޯއެއް 53ރ. އަށް ގަންނަމަވެސް ދެވަނަ ކުއާޓަރުގައި ކަންނެލި ކިލޯއެއް ގަންނަމުން ގޮސްފައިވަނީ 71.60ރ. އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.