ހުކުރަށް ދިޔަ ގޮތަށް ހަބަރެއް ނުވާ މީހަކު ހޯދަނީ

އޭނާ އިއްޔެ ހުކުރަށް ދާން ގެއިން ނުކުތްއިރު ލައިގެން ހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

ގެއްލިގެން ހޯދާ އުމުރުން 50 އަހަރުގެ ހއ. ދިއްދޫ، ގުލްފާމްގެ އިސްމާއިލް މާހިރު --

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅޭ މީހަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ގެއްލިގެން ހޯދަނީ އުމުރުން 50 އަހަރުގެ ހއ. ދިއްދޫ، ގުލްފާމްގެ އިސްމާއިލް މާހިރު ކިޔާ މީހެކެވެ. އޭނާ އަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ޓަވަރުގައި އުޅޭ މީހެކެވެ.

ފުލުހުން މިއަދު ބުނީ އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓްކުރީ ރޭ ދަންވަރު 1:08 ހާއިރު ކަމަށެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އޭނާ ވީތަނެއް ނޭންގި ގެއްލިފައި ވަނީ އިއްޔެ ހުކުރަށް ދާން ގެއިން ނުކުތްފަހުން ކަމަށެވެ.

އޭނާ އިއްޔެ ހުކުރަށް ދާން ގެއިން ނުކުތްއިރު ލައިގެން ހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

"އިސްމާއީލް މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން،" ފުލުހުން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުން ގެއްލިގެން ރިޕޯޓްކޮށްފައިވެ އެވެ. ގިނަ ފަހަރަށް މި ގޮތަށް ހޯދަން އިއުލާނުކުރުމުން އާއިލާއަށް ގުޅަނީ އެމީހުން އަމިއްލައަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.