ހިލޭ އެހީއާއި އާމްދަނީއަށް 23 ބިލިއަން ލިބިއްޖެ

މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 32 ބިލިއަން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ޓެކްސްގެ ގޮތުގައި ލަފާކުރާ 23.5 ބިލިއަން ރުފިޔާއާ ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ 6.3 ބިލިއަން، ހިލޭ އެހީއަށް ލިބޭނެ 2.4 ބިލިއަނެވެ.

ދެ ޓޫރިސްޓުން ވީއައިއޭގައި : ޓޫރިޒަމް ރަނގަޅުވުމުން އާމްދަނީ ވަނީ އިތުރުވެފަ -- މި

މި އަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކައިފި އެވެ. 

ފިނޭންސުން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް 22.9 ބިލިއަން ރުފިޔާ ވަނީ ހިލޭ އެހީ އަދި އާމްދަނީ ހިމަނައިގެން ލިބިފަ އެވެ. މީގެތެރޭގައި ހިމެނެނީ ޓެކުސް އާމްދަނީގެ ގޮތުގައި ލިބުނު 17,5 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތްގޮތުން ލިބުނު 5,1 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު 352.5 މިލިއަން ރުފިޔާ އެވެ. 

މިހާތަނަށް ލިބުނު ޓެކްސް އާމްދަނީ

  •  ޖުމްލަ ޖީއެސްޓީ - 9.1
  •  ޖީޖީއެސްޓީ - ތިން ބިލިއަން
  •  ޓީޖީއެސްޓީ - ހަ ބިލިއަން
  •  ބިޒްނަސް ޕްރޮޕަޓީ ޓެކްސް - 4.6 ބިލިއަން
  •  ގްރީން ޓެކްސް - 693.8 މިލިއަން

ޓެކްސް ނޫން އާމްދަނީގެ ބައިން މިހާތަނަށް އެންމެ ބޮޑު އަދަދެއް ލިބިފައި ވަނީ ފީ އާއި ޗާޖުތަކުންނެވެ. މި ބައިން 1.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ އިތުރުން ޕްރޮޕަޓީ އިންކަމްއިން 1.1 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. 

މި އަހަރުގެ ބަޖެޓުގައި އާމްދަނީ -

މި އަހަރުގެ ބަޖެޓުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 32 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 23.5 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ 6.3 ބިލިއަން އަދި ހިލޭ އެހީއަށް ލިބޭނެ 2.4 ބިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.