އިންޒާރު ދެއްވި ކަމަށް ވިދާޅުވެ މެޑަމް ފަޒްނާ ހެއްދެވީ އިތުރުފުޅެއް: ފާރިސް

މީގެ 11 އަހަރު ކުރީން ފަޒްނާ ކުރައްވާފައިވާ ޓްވީޓްތަކެއް މިދިޔަ 24 ގަޑިއިރުތެރޭ ވަރަށް ބޮޑަށް ވަނީ ވައިރަލް ވެފައެވެ.

މެޑަމް ފަޒްނާ އަހްމަދު އަދި ފާރިސް މައުމޫން: ފަޒްނާ ކުރެއްވި ތުހުމަތު ފާރިސް ވަނީ ދޮގު ކުރައްވާފައި

ރައީސް މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި ގުޅޭގޮތުން މީގެ 11 އަހަރު ކުރީން، ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހްމަދު ކުރައްވާފައިވާ ތުހުމަތެއް ފާރިސް މިއަދު ދޮގު ކުރައްވައިފި އެވެ.

މީގެ 11 އަހަރު ކުރީން ފަޒްނާ ކުރައްވާފައިވާ ޓްވީޓްތަކެއް މިދިޔަ 24 ގަޑިއިރުތެރޭ ވަރަށް ބޮޑަށް ވަނީ ވައިރަލް ވެފައެވެ. އޭގެ ތެރޭގައި ސުންނަތަށް އުޅޭ ބައެއް ޒުވާނުންނަށް ރައްދު ދީ ކުރައްވާފައިވާ ޓްވީޓްތަކާއި ހުކުރު ހުތުބާތަކާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓްތަކާއި އަދި އަދާލަތު ޕާޓީގެ އިސް ވެރީންނަށް ފާޑުވިދާޅުވެ / އެކި ތުހުމަތު ކުރައްވާ ކުރެއްވި ޓްވީޓްތަކެއް ވެސް ހިމެނެއެވެ.

ވާދަވެރީން ގެންދަނީ އެ ޓްވީޓްތައް ރި-ޓްވީޓްކޮށް ވައިރަލް ކުރަމުންނެވެ. އެގޮތުން އެއް ޓްވީޓްގައި ފާރިސް މައުމޫނަށް ވަރަށް ބޮޑު ތުހުމަތެއް ކުރައްވާފައިވެއެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތް ބެލުމަށް ހިންގި އިންކުއަރީ އަށް ފަހު އެކުވާލީ ކޯނީ ރިޕޯޓްގައި ނެތް ވާހަކައެއް ކަމަށް ވިދާޅުވެ ފަޒްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް މައުމޫން، ރައީސް ނަޝީދަށް ގުޅުއްވާ އިސްތިއުފާ ނުދެއްވައިފިނަމަ އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިކަނބަލުން އަވަހާރަކޮށްލާނެ ކަަމަށް ވިދާޅުވެފައިވާ ކަމަށެވެ. 

ނަމަވެސް އެ ވާހަކަ ކޯނީ ރިޕޯޓްގައި ނެތްކަން ފާހަގަކޮށް ހޭސްޓެއްގެ ގޮތުގައި "ނޮޓް އިން ކޯނީ ރިޕޯޓް" ޖައްސަވާފައިވެއެވެ. އެ ޓްވީޓްގައި ފާރިސްއަށް މުހާތަބު ކުރައްވާފައިވަނީ ވެސް ބާޢީ ފާރިސްގެ ގޮތުގައެވެ.

"ބާޢީ ފާރިސް މައުމޫން ރައީސް ނަޝީދަށް ގުޅާފައި އިސްތިއުފާ ނުދީފިއްޔާ އަންހެނުންނާއި ދަރީން މަރާނެ ކަމަށް ބުނި ވާހަކަ،" ކޯނީ ރިޕޯޓްގައި ނެތް ކަމަށް ވިދާޅުވެ ފަޒްނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގިނަ މީހުން ވަނީ އެއީ ތެދެއްތޯ ފާރިސްއާ ސުވާލު ކުރައްވާފައެވެ. އަދި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް އޮތް ފާރިސްއާ ސުވާލުކޮށް ބައެއް މީހުން ވަނީ އެފަދަ ހުތުުރު/ ނުރައްކާތެރި ތުހުމަތުތަކެއް ކުރާއިރު އެކަން ސާފުކޮށް ދިނުމަށް އެދިފައެވެ.

އެ ހުރިހާ ޓްވީޓަކަށް ފާރިސް ވަނީ ޖަވާބު ދެއްވާފައެވެ. ފާރިސް ވިދާޅުވީ އެއީ "މުޅީން ދޮގު" ކަމަށެވެ. އަދި އެއީ ކޮން ހަމައަކުން ވަރުގަދަ ތުހުމަތެއްތޯ ސުވާލު ކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.