ދެވަނަ ބުރަށް ގޮތް ނުނިންމަވާ އުމަރު ފެއްޓެވީ 2028 ގެ ކެމްޕެއިން

ރިޔާސީ އިންތިހާބު ގައި އުމަރު ވަނީ ހައިރާން ކުރަނިވި ނަތީޖާ އެއް ހޯއްދަވާ އިންތިހާބުގެ ހަތަރުވަނަ ހޯއްދަވާފައެވެ. އުމަރު ވަނީ ހަ ހާހަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: 2028 ގެ ކެމްޕެއިން ވަނީ ފައްޓަވާފައި

މި މަހުގެ ނުވަވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ހަތަރުވަނަ ހޯއްދަވާ ސިޔާސީ މައިދާނަށް ހަައިރާންކަން ގެނުވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު 2028 ވަަަނަ އަހަރުގެ ރިޔާސީ ރޭހަށް ނިކުންނަވާނެކަން ނުރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.

އުމަރު މިއަދު ވަނީ "އުމަރު 2028" ނަމުގައި ކެމްޕެއިން ޕޯސްޓަރެއް އާންމު ކުރައްވާފައެވެ. އުމަރުގެ 2028 ގެ ސްލޯގަން އަކީ ވެސް "އާ މިސްރާބަކަށް" މި ސްލޯގަން އެވެ.

ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރު މި މަހުގެ 30 ވަަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ވިސްނުމެއް އުމަރު ގެންގުޅުއްވާތީއެއް ނުފެެނެ އެވެ. ކުރީން ވެސް އުމަރު ވަނީ ދެވަނަ ބުރަކަށް އެހެން ދެ ކެންޑިޑޭޓަކު ހިނގައްޖެނަމަ އޭނާ ހުންނަވާނީ "ސައިލަންޓް" ކޮށް ކަމަށް ވިދާޅުވެފައެވެ. އަދި މި ފަހަރުގެ އިންތިހާބުން ކާމިޔާބު ލިބިވަޑައިނުގަތަސް 2028 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ނިކުންނަވާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ގައި އުމަރު ވަނީ ހައިރާން ކުރަނިވި ނަތީޖާ އެއް ހޯއްދަވާ އިންތިހާބުގެ ހަތަރުވަނަ ހޯއްދަވާފައެވެ. އުމަރު ވަނީ ހަ ހާހަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އެއީ ސިޔާސީ މައިދާނުގައި އަޑުގަދަ ބައެއް ބޭފުޅުން މި ފަހަރު ހޯއްދެވި ނަތީޖާތަކަށް ވުރެ ރަނގަޅު ނަތީޖާއެކެވެ.

އެ ނަތީޖާ އުމަރު ހޯއްދެވީ އެހެން ކެންޑިޑޭޓުން ކުރެއްވި ފަދަ ވަރުގަަދަ ކެމްޕެއިނެއް ވެސް ހިންގަވައިގެނެއް ނޫނެވެ. ކެމްޕެއިނަށް ވަޑައިގެންނެވީ ވަރަށް މަދު ރަށްތަކަކަށެވެ. މާލެއާ ހުޅުމާލޭގައި ރޯޑް ރެލީތަކެއް ބޭއްވެވި އެވެ. މީޑިއާތަކުން ގިނަ ފުރުސަތުތަކެއް ލިބިވަޑައިނުގަތުމުން އުމަރުގެ މުޅި ކެމްޕެއިން ބިނާ ކުރެއްވީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

ސިޔާސީ މަަސައްކަތް ފެއްޓެވީއްސުރެ އުމަރަކީ އޭނާ ގަބޫލު ކުރައްވާ ގޮތެއްގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އޭނާ މިހާރުވެސް ދައްކަވަނީ / ވަކާލާތު ކުރައްވަނީ 2008 ވަަނަ އަހަރުގެ ކުރީން ސިޔާސީ މަސައްކަތަށް ނިކުންނެވިއިރު ވެސް ދެއްކެވި ވާހަކަތަކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.