ރައީސް މާލެ ވަޑައިގެންފި، މަންދޫބުން ވިލާ ޕާކުގައި

ދެ ދުވަހުގެ މަޝްވަރާތަކަށް ފަހު ރައީސް ސޯލިހް މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް މާލެ ވަޑައިގެންނެވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް ސޯލިހަށް އަލްވަދާއު ވިދާޅުވާން އެއާޕޯޓްގައި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިހަކަށް ރޭ ފެއްޓެވި މަޝްވަރާތައް ދިގުކޮށް ކުރިއަށް ގެންދެވުމަށް ފަހު މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.

މަޝްވަރާތަކަށް ރައީސް ސޯލިހް މާމިގިއްޔަށް ވަޑައިގެންފައިވަނީ ބުދަ ދުވަހު ހަވީރު އެވެ. އޭގެ ފަހުން ދެ ބޭފުޅުން ވަނީ މާމިގިއްޔާ ދާދި ކައިރީ އޮތް ގާސިމްގެ ރިސޯޓް ރަށް -- ވިލާ ޕާކު [ސަން އައިލެންޑް ރިސޯޓް] އަށް ވަޑައިގެންފައެވެ. 

ބުދަ ދުވަހުގެ ރޭ ވަނީ ވަރަށް ދިގުކޮށް މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. ވަރަށް ދަން ވަންދެން ދެ ބޭފުޅުން ވަކީން އަދި ބައެއް ފަހަރު ޖޭޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން މަޝްވަރާތައް ކުރެއްވި އެވެ. އިއްޔެގެ އެކި ވަގުތުތަކާއި ރޭ ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

ދެ ދުވަހުގެ މަޝްވަރާތަކަށް ފަހު ރައީސް ސޯލިހް މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް މާލެ ވަޑައިގެންނެވި އެވެ. ނަމަވެސް މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިއުމަށް ރައީސްގެ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގާސިމްގެ ރިސޯޓްގައި ވަނީ މަޑުކުރައްވާފައެވެ. 

ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސް ސޯލިހާއެކު ރަނގަޅު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އަދި ވަކި ގޮތެއް ނުނިންމައެވެ.

ގާސިމަކީ މިހާރު އޮތް ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެކެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް ގާސިމެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިދިޔަ ހޮނިހިރު ދުވަހު ގާސިމަށް ވަރަށް ދަށް ނަތީޖާއެއްގެ ގޮތުގައި ލިބި ވަޑައިގަތީ 5،460 ވޯޓެވެ. އެއީ އިންތިހާބުގައި ވާދަ ކުރެއްވި އުމުރު ނަސީރަށް ވުރެ ދަށް ނަތީޖާ އެކެވެ.

ނަަމަވެސް ގާސިމްގެ ތާއީދަށް ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އެދިފައެވެ. ގާސިމްގެ އިތުރުން ދެން ތިއްބެވި ލީޑަރުންނާއި ޕާޓީތަކުގެ ތާއީދު ދެއްވާނެ ކަމަށް ބޮޑަށް ބެލެވެނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ. އެމްއެންޕީގެ ތާއީދު މިހާރު ވެސް ވަނީ މުއިއްޒަށް ދެއްވާފައެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.