ބޭރު މަހުޖަނުންގެ އުޅަނދުތަކުން ބޮޑު ފީއެއް ނެގޭ ގޮތް ހަދައިފި

ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނީ އެކަމަށް ޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖެ އަންނަ ބޭރުގެ އުޅަނދު ފަހަރުގެ އޭޖެންޓުކަން ކުރުމުގެ ހުއްދަ ކަސްޓަމުން ދީފައިވާ ފަރާތަކަށެވެ.

ރާއްޖެ އައި މަހުޖަނެއްގެ ޔޮޓެއް ބަނދަރުކޮށްފަ؛ މިފަދަ އުޅަނދު ފަހަރު ރާއްޖޭގައި އޮންނަނަމަ ދައްކަން ޖެހޭ ފީ ވަނީ ބޮޑުކޮށްފައި
ރާއްޖެއަށް ކުރިން އައި ސުޕަ ޔޮޓެއް

ރާއްޖެ އަންނަ ޓޫރިސްޓު އުޅަނދު / މަހުޖަނުންގެ އުޅަނދު ފަހަރުން ނަގާ ފީތައް ބޮޑުކޮށް ހެދި އާ ގަވާއިދު ގެޒެޓު ކޮށްފި އެވެ. 

ގަވައިދު ހަދަމުންދާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވުމަށް ފަހު ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުން ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަން ވާނ،ީ އެ އުޅަނދެއްގެ ކަންތައްތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށް ފަހުގަ އެވެ. 

ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނ،ީ އެކަމަށް ޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖެ އަންނަ ބޭރުގެ އުޅަނދު ފަހަރުގެ އޭޖެންޓުކަން ކުރުމުގެ ހުއްދަ ކަސްޓަމުން ދީފައިވާ ފަރާތަކަށެވެ. ކަސްޓަމްގެ އެ ހުއްދަ ލިބިގެންނެވެ. 

އެޖެންޓު ބަދަލުވެއްޖެނަމަ ތިން ދުވަހުގެ ތެރޭގައި އެޖެންޓަށް އަންގަން ޖެހެ އެވެ. 

މި ގަވާއިދުގެ ދަށުން ހުއްދަ ހޯދުމާއި ހުއްދަ ހޯދުމަށްޓަކައި ދައްކަންޖެހޭ ފީ ދެއްކުމަކީ އޭޖެންޓުގެ ޒިންމާ އެކެވެ. 

ގަވައިދާއެކު ޓޫރިސްޓް އުޅަނދު ކަސްޓަމަރުން އިންވާޑް ކްލިއަރަންސް ދޭ ދުވަހުން ފެށިގެން ހަތް ދުވަހަށް ވުރެ ދިގު މުއްދަތެއް
ރާއްޖޭގައި ހޭދަ ކުރާނަމަ ފީތަކެއް ދައްކަން ޖެހެ އެވެ. 

އުޅަނދުން ދައްކަން ޖެހޭ ފީތައް

  •  އުޅަނދު 20 މީޓަރަށްވުރެ ބޮޑުނަމަ 1،000 ޑޮލަރު
  •  އެއް އަހަރަށްވުރެ ދިގުނަމަ 20 މީޓަރަށްވުރެ ބޮޑު އުޅަނދު ތަކުން 100 އެމެރިކާ ޑޮލަރު
  •  20 މީޓަރަށްވުރެ ކުޑަނަމަ ފީއެއް ނުނަގާނެ
  •  އައިއެމްއޯ ރަޖިސްޓްރީ ކޮށްފައިވާނަމަ 90 ދުވަސް ހަމަވުން ކޮންމެ ދުވަހަކަށް 50 ޑޮލަރު 275 ޑޮލަރަށް
  •  އުޅަނދު އަހަރަށްވުރެ ދިގު މުއްދަތަށް އޮންނަނަމަ މުއްދަތު އިތުރު ކުރަން 3,500 ޑޮލަރު

ޗާޓަރު ކުރާނަމަ ލައިސަންސް ފީއެއް

މި ގަވާއިދުގެ މި މުއްދަތުގެ ތެރޭގައި އެ އުޅަނދުގެ ފަޅުވެރިން ނުވަތަ ކްރޫއިން އުޅަނދުގެ ވެރިފަރާތާއި އެ ފަރާތުގެ އާއިލާ
ފިޔަވައި ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު ބައިތިއްބަން އެދޭ ނަމަ ޗާޓަރު ލައިސަންސެއް ހޯދަން ޖެހެ އެވެ. އަދި ޗާޓަރު ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު އިތުރު މުއްދަތަކަށް ބޭރުގެ ޓޫރިސްޓް އުޅަނދު ޗާޓަރު އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި އެ އުޅަނދު ބަނދަރު ކުރުމަށް އެދޭނަމަ އާ ޗާޓަރު ލައިސަންސެއް ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހޯދަން ޖެހެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ގަވައިދާ ހިލާފުވެއްޖެ ނަމަ ބޮޑެތި ޖޫރިމަނާ ތަކެއް ކުރެވޭނެ އެވެ. އެގޮތުން ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރަށް 1،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރަށް 2,000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ފަހަރަށްވުރެ ގިނައިން ގަވާއިދާ ހިލާފުވެއްޖެނަމ،ަ ގަވާއިދާ ހިލާފުވާ ކޮންމެ
ފަހަރަކު 6,000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ. 

ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ގިނަ މަހުޖަނުންގެ އުޅަނދު ފަހަރު ރާއްޖޭގައި ބާއްވައިގެން ޗުއްޓީ ހޭދަކުރާ މަންޒިލެކެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ގިނަ މޫނުތަކެއް އަބަދުވެސް މިއުޅަނދުތަކުގައި ތިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.