ރައީސް އަދިވެސް ވިލާ ޕާކުގައި، އުންމީދު ބޮޑު

ދެ ބޭފުޅުންގެ ދިގު މަޝްވަރާތަކާއި ގުޅޭގޮތުން ރަސްމީކޮށް އެމްޑީޕީއާ ޖުމްހޫރީ ޕާޓީން ވެސް ވަކި އެއްޗެއް ނުބުނެއެވެ.

ރައީސް ސޯލިހާއި ގާސިމް، އެމަނިކުފާނުގެ ރިސޯޓްގައި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ފެއްޓެވި މަޝްވަރާތައް މިރޭ ވެސް ކުރިއަށް ގެންދަވައިފި އެވެ.

މަޝްވަރާތަކަށް ރައީސް ސޯލިހް މާމިގިއްޔަށް ވަޑައިގެންފައިވަނީ އިއްޔެ ހަވީރު އެވެ. އޭގެ ފަހުން ދެ ބޭފުޅުން ވަނީ މާމިގިއްޔާ ދާދި ކައިރީ އޮތް ގާސިމްގެ  ރިސޯޓް ރަށް -- ވިލާ ޕާކު [ސަން އައިލެންޑް ރިސޯޓް] އަށް ވަޑައިގެންފައެވެ.

ރޭ ވަނީ ވަރަށް ދިގުކޮށް މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. ވަރަށް ދަން ވަންދެން ދެ ބޭފުޅުން ވަކީން އަދި ބައެއް ފަހަރު ޖޭޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން މަޝްވަރާތައް ކުރެއްވި އެވެ. މިއަދުގެ އެކި ވަގުތުތަކުގައި ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މިރޭ ވެސް ގާސިމްއާއެކު ރައީސް ވަނީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. ރައީސް ސޯލިހް އަދިވެސް ހުންނެވީ ވިލާ ޕާކުގައެވެ. އެނގިފައިވާ ގޮތުގައި ރައީސްގެ ހުށައެޅުންވުންތަކަށް ގާސިމް ރުހިވަޑައިގަންނަވައެވެ. އެ ހުށައެޅުންތައް ޖޭޕީގެ ކައުންސިލަށް ހުށައަޅުއްވާ ކައުންސިލްގެ ވިސްނުން ހުރި ގޮތެއް ހޯއްދަވާނެ ކަމަށް ގާސިމް ވަނީ ރައީސަށް ދަންނަވާފައެވެ.

ދެ ބޭފުޅުންގެ ދިގު މަޝްވަރާތަކާއި ގުޅޭގޮތުން ރަސްމީކޮށް އެމްޑީޕީއާ ޖުމްހޫރީ ޕާޓީން ވެސް ވަކި އެއްޗެއް ނުބުނެއެވެ.

ގާސިމަކީ މިހާރު އޮތް ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެކެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް ގާސިމެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިދިޔަ ހޮނިހިރު ދުވަހު ގާސިމަށް ވަރަށް ދަށް ނަތީޖާއެއްގެ ގޮތުގައި ލިބި ވަޑައިގަތީ 5،460 ވޯޓެވެ. އެއީ އިންތިހާބުގައި ވާދަ ކުރެއްވި އުމުރު ނަސީރަށް ވުރެ ދަށް ނަތީޖާ އެކެވެ. 

ނަަމަވެސް ގާސިމްގެ ތާއީދަށް ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އެދިފައެވެ. ގާސިމްގެ އިތުރުން ދެން ތިއްބެވި ލީޑަރުންނާއި ޕާޓީތަކުގެ ތާއީދު ދެއްވާނެ ކަމަށް ބޮޑަށް ބެލެވެނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ. އެމްއެންޕީގެ ތާއީދު މިހާރު ވެސް ވަނީ މުއިއްޒަށް ދެއްވާފައެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.