ފާރިސްގެ ޓީމާއެކު ކުރެވުނީ ކާމިޔާބު މަޝްވަރާއެއް، އެއްބަސްވުމަކަށް ނާދެވޭ

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި ބައްދަލުވުމު ގައި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ފާރިސް މައުމޫންގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޕީޕީއެމް / ޕީއެންސީގެ ބޭފުޅުން ފާރިސް މައުމޫންގެ ޓީމާއެކު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ހާއްސަ ޓީމާއި ފާރިސް މައުމޫނާ އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މިއަދު ވަރަށް ކާމިޔާބު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފި އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި ބައްދަލުވުމު ގައި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ފާރިސް މައުމޫންގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދިވެސް މަޝްވަރާތައް ކުރެވެމުންދާނެ ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން އަދި ފާރިސް މައުމޫންގެ ތާއީދު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ދިނުމަށް ނުނިންމައެވެ.

ޕީޕީއެމް/ޕީއެންސީން ދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ތާއީދު ހޯދުމަށް ވެސް މަޝްވަރާ ކުރަމުންނެވެ. ގާސިމާއެކު ރައީސް ސޯލިހް ވެސް ރެއާ މިއަދު ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ފާރިސް މައުމޫން ވެސް ވާދަ ކުރެއްވި އެވެ. ފާރިސް ވަނީ 2،979 ވޯޓް ހޯއްދަވާފައެވެ. އެއީ ވޯޓްލީ މީހުންގެ އެއް ޕަސެންޓް ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.