ކޮމަންވެލްތު ސްކޮލަޝިޕަށް ހުޅުވާލައިފި

މާސްޓާސް ޑިގްރީގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކިޔަވަން އެދޭ ކޯހަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށް އަދި ކޮމަންވެލްތު ސްކޮލަޝިޕް ކޮމިޝަންގެ ވެބްސައިޓުގައި އިތުރު ޝަރުތެއްވާނަމަ އެ ޝަރުތެއް ފުރިހަމަކޮށްފައިވުމެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން: ކޮމަންވެލްތް

އިނިގިރޭސިވިލާތުން މަތީ ތައުލީމު ހާސިމް ކުރުމުގެ ފުރުސަތު ލިބޭ "ކޮމަންވެލްތު ސްކޮލިޝިޕް" އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮމަންވެލްތު ސްކޮލިޝިޕަށް އެދި ހުށެޅޭނީ މާސްޓާސް ޑިގްރީ ލެވެލްއަށް ކަމަށެވެ. މި ސްކޮލަޝިޕް ލިބޭނީ މާސްޓާސް ޑިގްރީ ހާސިލް ކުރަން ބޭނުންވާ ދެ ފަރާތަކަށެވެ.

މާސްޓާސް ޑިގްރީގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކިޔަވަން އެދޭ ކޯހަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށް އަދި ކޮމަންވެލްތު ސްކޮލަޝިޕް ކޮމިޝަންގެ ވެބްސައިޓުގައި އިތުރު ޝަރުތެއްވާނަމަ އެ ޝަރުތެއް ފުރިހަމަކޮށްފައިވުމެވެ.

ކިޔަވަން އެދޭ ކޯހާ ގުޅޭ ޝަރުތުތަކުގެ އިތުރުން އިތުރު ޝަރުތުތަކެއް މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.

  •  ސްޓޫޑެންޓް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނު ގަވާއިދުން ދައްކާ ފަރާތަކަށްވުން
  •  މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން
  •  ކިޔަވަން ބޭނުންވާ ކޯހާ އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ދަރިވަރަކަށް ނުވުން

ކޮމަންވެލްތު ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 1:30ގެ ނިޔަލަށެވެ. އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.