އެމިރޭޓްސް އާއި މޯލްޑިވިއަން އެމްއޯޔޫއެއް | ޓޫރިސްޓުންނަށް ފަސޭހަ ކަނެކްޝަން

މި އެމްއޯޔޫގެ ދަށުން ބޭރުން އަންނަ ޓޫރިސްޓު މީހާ ފަސޭހައިން ރާއްޖޭގެ ރިސޯޓުތަކަށް ދަތުރުކުރަން މޯލްޑިވިއަން ފްލައިޓްތަކުން ޖާގަ ލިބޭނެ އެވެ.

މޯލްޑިވިއަން: މާލީ ގޮތުން އެއާލައިން އޮތީ ދަތިކަމެއްގެ ތެރޭގަ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އެމިރޭޓްސް އެއާލައިނުން ގުޅިގެން ރާއްޖެއަށް ދަތުރު ކުރަން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއް ހަދައިފި އެވެ. 

ގައުމީ އެއާލައިން އުދުއްސާ އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ބުނީ އެމިރޭޓްސް އާއި އެއާލައިނުން ހެދި މި އެމްއޯޔޫގެ ދަށުން އެމިރޭޓްސް އިން އަންނަ ޓޫރިސްޓުން ރާއްޖޭގެ 16 ސަރަހައްދަށް ފަސޭހަ ކަމާއެކު "ސިންގަލް ޓިކެޓު" ގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ އެވެ. 

މި އެއްބަސްވުމާ ބެހޭ ގޮތުން އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާން ކާޒިމް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެ އެންމެ ބޮޑު ފަސޭހައަކީ ކަސްޓަމަރުންނަށް ކަނެކްޝަން ލިބިގެން ދިއުމެވެ. 

"ޕާޓްނަޝިޕެއް ގާއިމް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ޕާޓްނަޝިޕް ހަދައިގެން. އަޅުގަނޑުމެންނަށް ކަސްޓަމަރުންނަށް ފުޅާދާއިރާއެއްގައި އުދުހޭއިރު އޮމާން ކަނެކްޝަންތަކެއް ފޯރުކޮށްދެވޭނެ،" އަދުނާން ވިދާޅުވި އެވެ. 

މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު ކޮމާޝަލް އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ ދުނިޔޭގެ މިފަދަ ބޮޑު އެއާލައިނަކާއެކު ޕާޓްނާޝިޕް ހެދިގެން ދިއުމަކީ ލިބޭ އުފުލަކެވެ. 

"މި ޕާޓްނަޝިޕްގެ ސަބަބުން އަޅުގަނޑުމެންނަށް ކުރެވޭނެ އަޅުގަނޑުމެންގެ ފުޅާ ޑޮމެސްޓިކް ނެޓްވޯކްގެ ވިޒިބިލިޓީ އިތުރު ކުރުމަށާއި، އެއީ އަޅުގަނޑުމެންގެ މަގުސަދެއް،" ހަމްދާން ވިދާޅުވި އެވެ. 

މޯލްޑިވިއަންއަކީ ރާއްޖޭގެ ހުރިހާ އެއާލައިންތަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިނެވެ. ނަމަވެސް އެ ކުންފުނި އޮތީ މާލީ ގޮތުން ދަތިކަމެއްގެ ތެރޭގަ އެވެ. އަދި އެމިރޭޓްސްއަކީ ދުނިޔޭގެ 117 އެއާލައިންއަކާ ޕާޓްނާޝިޕް ހަދައިގެން ސިންގަލް ޓިކެޓު އިޝޫ ކުރަމުންދާ އެއާލައިންއެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.