ފާރިސްގެ ފަރާތުން އެމްޑީޕީއާ މަޝްވަރާކޮށްފި

ދެވަނަ ބުރަށް ނުދިޔަ ކެނޑިޑޭޓުންގެ ތެރެއިން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އޭނާގެ ޕާޓީ މިހާރު ވަނީ ޕީޕީއެމާއެކު ކޯލިޝަން ހަދާފަ އެވެ.

މިދިއަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ތިންހާހެއްހާ ވޯޓް ހޯއްދެވި އަހުމަދު ފާރިސް މައުމޫންގެ ޓީމެއް ވެރިކަން ކުރާ އެމްޑީޕީއާ ބައްދަލުކޮށް ކޯލިޝަން ހެދުމާ ބެހޭ ގޮތުން މަޝްވަރާތައް ކޮށްފި އެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސްއަށް ލިބިވަޑައިގަތީ 2934 ވޯޓެވެ. އެއީ ވޯޓްގެ 1.34 ޕަސެންޓެވެ. ޖުމްލަ ވޯޓްގެ ވަރަށް ކުޑަ މިންވަރެކެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކެންޑިޑޭޓް، ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒެވެ. 

ދެވަނަ ބުރުގެ ވޯޓް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ދެވަނަ ބުރަށް ދާއިރު ކޯލިޝަން ހެދުމުގެ މަޝްވަރާތައް މުއިއްޒާއި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް ހިންގަ އެވެ. 

ފާރިސްގެ ފަރާތްޕުޅުން ޓީމެއް އެމްޑީޕީއާ ބައްދަލުކޮށް މަޝްވަރާ ކުރީ ރޭގަ އެވެ. އޭގެ ކުރިން އެ ޓީމުން ވަނީ ޕީއެމާއި ޕީއެންސީއާ ވެސް މަޝްވަރާތައް ކޮށްފަ އެވެ. 

ފާރިސް ވިދާޅުވީ އޭނާގެ ފަރާތްޕުޅުން އާމިނަތު ނާދިރާ އިސްވެ ރޭ އެމްޑީޕީގެ ލީޑަޝިޕާ ބައްދަލުކޮށް ގައުމީ ސަލާމަތާއި އިގްތިސޯދާއި އިޖުތިމާއީ އަދި ސިޔާސީ އިސްލާހުތަކާއި ގުޅުން ހުރި ސިޔާސަތުތައް ހިއްސާކުރި ކަމަށެވެ. 

އަދި ހިއްސާކުރި އެ ސިޔާސަތުތަކީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށް ޑިމޮކްރަސީއާ އަދުލުއިންސާފާއި ހަމަހަމަކަން ކަށަވަރު ކުރުމަށާއި ގައުމީ ސަލާމަތާއި އެއްބައިވަންތަކަން ގާއިމު ކުރަން މުހިންމު ސިޔާސަތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ނުދިޔަ ކެނޑިޑޭޓުންގެ ތެރެއިން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އޭނާގެ ޕާޓީ މިހާރު ވަނީ ޕީޕީއެމާއެކު ކޯލިޝަން ހަދާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.