މުވައްޒަފުންގެ މުސާރައާ ގުޅޭ މުހިންމު ނިންމެވުންތަކެއް ރައީސް ނިންމަވައިފި

ސިއްހީ ދާއިރާއާ ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރައާ ގުޅޭގޮތުން ހުށައެޅިފައިވާ މައްސަލަތަކާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފައެވެ.

ރައީސް ސޯލިހް

ސިއްހީ ދާއިރާއާ ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރައާ ގުޅޭގޮތުން ހުށައެޅިފައިވާ މައްސަލަތަކާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ މުހިންމު ނިންމެވުންތަކެއް މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކުގެ އިތުުރުން ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނަޔަތް ދެވޭނެ މިންގަނޑާއި ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ހުށައަޅާފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ފަހު ކަމާބެހޭ އިދާރާތަކާއި ގުޅިގެން މައްސަލަތައް ހައްލު ކުރުމަށްޓަކައި ރައީސް ސޯލިހް މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވާ ކަމަށެވެ.

މި ނިންމެވުންތައް ނިންމަވާފައި ވަނީ މައްސަލަތަކާއި ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މުހިންމު މަސައްކަތުގައި އުޅުއްވާ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެއްވީތީއާ ކުރިމަތިވަމުންދާ ދަތިތަކަށް ރިއާޔަތް ކުރެއްވުމާއެކު މި ދާއިރާގެ އެކި ބޭފުޅުންނާއި މަޝްވަރާ ކުރައްވައި އެ ބޭފުޅުންގެ އިރުޝާދުގެ މަތީން ކަމަށް ބުންޏެވެ.

އެގޮތުން މެއި ފުރަތަމަ ދުވަހު ސިއްހީ ދާއިރާގެ މުވައްޒިފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް މެޑިކަލް އޮފިސަރުންނަށް އެ އެލަވަންސް ލިބޭ ގޮތަށް ރައީސް ވަނީ ނިންމަވާފައެވެ.

އަދި ނަރުހުންގެ މުސާރައަަށް ގެނެވުނު ބަފަލާއެކު އައިޖީއެމްއެޗް ގައި މަސައްކަތް ކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާ ކުރުމާއެކު ސިވިލްސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް އެ މައްސަލަތަކަށް ވެސް ރައީސް ވަނީ ހައްލު ހޯއްދަަވައި ދެއްވާފައެވެ. އެގޮތުން ރަސްމީ ބަންދު ދުވަސްތަކުައި މަސައްކަތް ކުރާ ނަރުހުންނަށް އެޓެންޑަސް އެލަވަންސް ލިބޭނެ ގޮތާއި ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތް ކުރާ ނަން-ކްލިނިކަލް ނަރުހުން ކްލިނިކަލް ނަރުހުންނަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާ އައު އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލު ނާންނަ ނަރުހުންގެ މަގާމު ދަށް ނުކޮށް ކުރީން ތިބި މަގާމުތަކުގައި ބެހެއްޓުމަށް ވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިޑް 2026 އަށް އިތުުރު ކުރުމާއި އާ އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާ ކަމަށް ފާހަގަވެފައިވާ ނުވަ ނަރުުހުންގެ މައްސަލަ ހައްލު ކުރުމާއި އާ އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލު ނާންނަ ނަރުހުންގެ މަގާމުގައި ބޭތިއްބުމަށް ގެންނަން ޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެންނެވުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމުގެ ޝަރުތު ކުުރުމަށް ފަހު ކުރީން ތިބި މަގާމަށް ބަދަލު ކުރަން ވެސް ވަނީ ނިންމާފައެވެ.

ރައީސް އޮފީހުން ބުނީ މެއި ފުރަތަަމަ ދުވަހު އަމަލު ކުރަން ފަށާފައިވާ ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑާއި ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 826 މީހަކު ސޮއިކޮށް ހުށައަޅާފައިވާ ޕެޓިޝަން ދިރާސަކޮށް އެ މައްސަލަ ވެސް ހައްލުކޮށް ދެއްވާފައިވާ ކަމަށެވެ.

މި ނިންމުންތަކާއެކު ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ވަނީ ކަމާގުޅޭ އިދާރާތަކަށް އަންގާފައެވެ.

ކޮމެންޓް

2
450
އިބްރާހީމް
7 months ago

ވެރިކަމެއްގެ ދައުރު ނިމެމުން ގޮސް އަނެއް ދައުރަށް ކުރިމަތިލައި ކެމްޕޭން ކުރާއިރަކު ނޫން އަޅުގަނޑުމެން މަތީން ހަނދާން ވާންވީކީއެއް! މިހާރުވެސް ތިޔަ ކަންތައް ކުރައްވަނީ ރަނގަޅަކަށް ނޫން! ކޮބައިތޯ ސިއްޙީ، ތަޢުލީމީ އަދި ކައުންސިލް ތަކުގައި ތިއްބެވި އިދާރީ އަދި ސަޕޯޓު ސްޓާފުންގެ ޙައްޤުތައް؟މުސާރައިގެ ކުރި އެރުން؟ އެ ފަރާތްތަކުގެ މުސާރަތައް ކީއްވެ ތޯ ބޮޑުކޮށް ނުދެވިގެން ތިޔަ އުޅުއްވަނީ؟ އޭރުވެސް ޖެހީ ކަޑަ، މިހާރު ވެސް ތިޔަ ޖައްސަވަނީ ހަމަ ކަޑަ ނޫންތޯ؟

ލަމްޔާ
7 months ago

ދައުރު ނިމެން ދެތިންދުވަހަށް ވީމަ ތިހެން ނުހައްދަވާ. މިއޮއްހާ ދުވަހު އަޅާނުލާ އަތްދޫކޮށްލާފަ ބާއްވާފަ މިހާރު ތިއުޅެނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.