ޔޫކޭގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުން ނައުޝާދު ވަކިކޮށްފި

އޭނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ބާނީ ކަމަށެވެ. ފަރަހަނާޒް ފަދަ "މުނާފިގު ލަދުކުޑަ" މީހުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެއީ ބަދަލުވެގެން ދާނެ ކަމެއް ނޫން ކަމަށެވެ.

ޔޫކޭގެ ޑެޕިއުޓީ ހައިކޮމިޝަނަރު ނައުޝާދު ވަހީދު: އޭނާ ވަނީ މިއަދު އެ މަގާމުން ވަކިކޮށްފައި --

ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. ފަރަހަނާޒް ފައިސަލަކީ "މުނާފިގެ" އް ކަމަށް ސިފަ ކުރައްވާފައި ވަނިކޮށް ޑެޕިއުޓީ ހައިކޮމިޝަނަރު ނައުޝާދު ވަހީދު މަގާމުން ވަކިކޮށްފި އެވެ.

ނައުޝާދު ވަހީދު، އޭނާ ހުންނެވި މަގާމުން ވަކި ކުރައްވާފައިވާ ކަމަށް އަންގާފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރު، އިބްރާހިމް ވަހީދު ސޮއި ކުރައްވާ މިއަދު ނައުޝާދަށް ފޮނުއްވި ސިޓީއަކުންނެވެ. 

ރައީސް އޮފީހުގެ އެ ސިޓީގައި ބަޔާން ކޮށްފައިވާ ގޮތުގައި، ނައުޝާދު ޑެޕިއުޓީ ހައިކޮމިޝަނަރު ކަމުގެ މަގާމުން ވަކި ކޮށްފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ އަކުރު (ޅ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. 

ނައުޝާދު ވަކި ކޮށްފައި މިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބޮޑު ނާކާމިޔާބެއް ލިބި ވަޑައިގެން ދެވަނަ ބުރަކަށް ގޮސްފައި ވަނިކޮށް ފަރަނާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެއީ މުނާފިގެއްގެ ގޮތުގައި ސިފަ ކުރައްވާފައި ވަނިކޮށެވެ.

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުއްވި ދުވަސްވަރު މަޖިލީހުގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ރައީސް ނަޝީދަށް އަމާޒުކޮށް އަޑު ގަދަ ކުރައްވާ ވީޑިއޯއެއް ހިއްސާކުރައްވައި ޑެޕިއުޓީ ހައިކޮމިޝަނަރު ނައުޝާދު ވަނީ ނަޝީދަށް ތައުރީފު ކުރައްވާ ފަރަހަ އަށް ފާޑު ވިދާޅުވެފަ އެވެ.  

އޭނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ބާނީ ކަމަށެވެ. ފަރަހަނާޒް ފަދަ "މުނާފިގު ލަދުކުޑަ" މީހުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެއީ ބަދަލުވެގެން ދާނެ ކަމެއް ނޫން ކަމަށެވެ. ވަޒީފާގެ ދަހިވެތި ކަމުގައި ފޭކް ރުއިން ރޯނެ ކަމެއް ނެތް ކަމަށް ވެސް ނައުޝާދު ވިދާޅުވެފައި ވެއެވެ.

އެމްޑީޕީ ދެބައިވެފައި ވަނިކޮށް ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ހައިކޮމިޝަނަރު ފަރަހަނާޒުގެ ތާއީދު ދެއްވީ ރައީސް ސޯލިހަށެވެ. އޭނާއަކީ ކުރީން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައިގެން އުޅުއްވެވި ބޭފުޅެކެވެ.

ނައުޝާދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ކޮއްކޯފުޅެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.