އެމްއޭސީއެލް މުވައްޒަފުންގެ މުސާރަގެ 50 ޕަސެންޓް ޑޮލަރުން ދެނީ

އެމްއޭސީއެލް މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދިނުން ހުއްޓާލީ ކޮވިޑް-19 ގެ ސަބަބުންނެވެ.

އެމްއޭސީއެލްގެ ބައެއް މުވައްޒަފުން : މިމަހުން ފެށިގެން މުސާރައިގެ 50 ޕަސެންޓް ލިބޭނީ ޑޮލަރުން -- އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދޭން ނިންމައިފި އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ ކުންފުނި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ސޮއިކުރައްވައި ނެރުއްވާފައިވާ ސާކިއުލާއެއްގައިވާ ގޮތުން ކޮވިޑުގެ ހާލަތާ ގުޅިގެން މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދެމުން އައިއައުން މެދުކަނޑާލުމަށްފަހު މިމަހުން ފެށިގެން ޑޮލަރުން މުސާރަ ދޭން ބޯޑުން ވަނީ ނިންމާފަ އެވެ. 

ސަރުކާރަށް އެންމެ ގިނަ އާމްދަނީ ވައްދާ އަދި އެންމެގިނައިން ސަރުކާރަށް ޑިވިޑެންޑް ދައްކާ އެއް ކުންފުނި ކަމަށްވާ އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދޭ ގޮތަށް ބަދަލު ކުރީ އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓް ތަރައްގީ ކުރަން ހަވާލުވި ދުވަސްވަރު އެވެ. 

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް ލިބޭ ޑޮލަރުގެ ބޮޑުބައި ވިއްކަނީ ސަރުކާރު ކުންފުނިތަކަށެވެ. މިދިޔަ އަހަރު 900 މިލިއަން ޑޮލަރު އެމްއެމްއޭއިން ބޭންކްތަކާއި ސަރުކާރު ކުންފުނިތަކަށް ވިއްކި އެވެ. 

ކޮމެންޓް

1
450
ޝަހާން
8 months ago

ސާބަހޭ އިބޫ... 100% ބޮޑު ކުރިއަސް ވޯޓު ނުލާނަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.