މަޝްވަރާތައް ނުނިމޭތީ ޖޭޕީގެ ކައުންސިލް ބައްދަލުވުން ފަސްކޮށްފި

މިފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބުނީ 5،460 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 2.47 ޕަސެންޓެވެ. އަދި އެއީ ބާތިލު ވޯޓަށް ވުރެވެސް މަދު މިންވަރެކެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީ އާއެކު ކޯލިޝަން ހަދަން ހުށަޅައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ފެށި މަޝްވަރާތައް އަދި ނުނިމޭތީ ދެވަނަ ބުރުގައި ގާސިމާއި ޖުމްހޫރީ ޕާޓީން ކުރިޔަށް ދާނެ ގޮތެއް ނިންމަން މިއަދު ބާއްވަން އޮތް ކައުންސިލް ބައްދަލުވުން ތާވަލުން ނަގައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ނެގުން އޮންނަނީ މި މަހުގެ 30 ގަ އެވެ. އިދިކޮޅު ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެބޭފުޅުންނެވެ. އެ ދެބޭފުޅުން ގެންދަވަނީ ދެވަނަ ބުރުގައި ކޯލިޝަނެއް ހެދުމަށް ގާސިމާ މަޝްވަރާ ކުރައްވަމުންނެވެ. އަދި ކެމްޕޭން ފުޅާ ކުރައްވަމުންނެވެ.

މުއިއްޒުގެ ފަރާތްޕުޅުން ރޭ ވަފުދެއް ގާސިމްގެ ރިސޯޓް، ސަން އައިލެންޑަށް ގޮސް ގާސިމް ބައްދަލު ކުރައްވާ ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރުގެ މަޝްވަރާތައް ކުރައްވާފައިވާއިރު ރައީސް ސޯލިހު ވެސް މިއަދު ވަނީ އެ ރިސޯޓަށް ވަޑައިގެން ގާސިމާ ބައްދަލު ކުރައްވާފަ އެވެ.

ޖޭޕީން ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނިންމަން ކައުންސިލުގެ ބައްދަލުވުން ތާވަލް ކޮށްފައި އޮތީ މިއަދަށެވެ. ނަމަވެސް އެ ބައްދަލުވުން ފަސް ކުރީ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނާއެކު ވެސް މަޝްވަރާތައް ހިނގާތީ އެ ފުރުސަތު އިތުރަށް ވެސް ދިނުމުގެ ގޮތުންނެވެ. ދެން ޖޭޕީގެ ކައުންސިލު އެއްވާނީ އެ މަޝްވަރާތައް އެއްކޮށް ނިމުމުންނެވެ. 

ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމް ވާދަ ކުރެއްވީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވެނެ ކަމަށް ވިދާޅުވަމުންނެވެ. އޭނާ އަކީ ރާއްޖޭގައި ވޭތުވެދިޔަ އިންތިހާބުތަކުގައި ގިނަ ވޯޓް ނަންގަވައި އަބަދުވެސް ރައީސް ކަމަށް ބޭފުޅަކު ގެނައުމުގައި އެންމެ މުހިންމު ލީޑަރަށް ވެފައި ވެއެވެ.

ނަމަވެސް މިފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބުނީ 5،460 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 2.47 ޕަސެންޓެވެ. އަދި އެއީ ބާތިލު ވޯޓަށް ވުރެވެސް މަދު މިންވަރެކެވެ. އޭނާ ވިޔަފާރިތަކުގައި މުވައްޒަފުންގެ ގޮތުގައި ވެސް 6000 އަށް ވުރެ ގިނަ މީހުން ތިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.