ރައީސް މިއަދު ގާސިމާ ބައްދަލު ކުރައްވަނީ

ގާސިމަކީ މިހާރު އޮތް ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެކެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް ގާސިމެވެ.

ރައީސް ސޯލިހާ ގާސިމް އިންތިހާބުގެ ކުރިން ބައްދަލު ކުރައްވަނީ -- ސަން އޮންލައިންގެ ފޮޓޯއެއް

ޖޭޕީއާއެކު ކޯލިޝަން ހަދަން އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ގާސިމް އިބްރާހިމާއެކު ރޭ ހަތަރު ގަޑި އިރުގެ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ގާސިމްގެ ރިސޯޓް، ސަން އައިލެންޑަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. 

ގާސިމާ ބައްދަލު ކުރައްވަން ރައީސް ސޯލިހު ރިސޯޓަށް ދަތުރުފުޅު ކުރައްވަނީ މިއަދު މެންދުރު ފަހު އެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިދިޔަ ހޮނިހިރު ދުވަހު ގާސިމަށް ވަރަށް ދަށް ނަތީޖާއެއްގެ ގޮތުގައި ލިބި ވަޑައިގަތީ 5،460 ވޯޓެވެ. އެއީ އިންތިހާބުގައި ވާދަ ކުރެއްވި އުމުރު ނަސީރަށް ވުރެ ދަށް ނަތީޖާ އެކެވެ. 

ގާސިމަކީ މިހާރު އޮތް ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެކެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް ގާސިމެވެ. 

ކޮމެންޓް

1
450
ޖީ
1 year ago

ކިހާ ވަރަކުންދާނެބާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.