އާ އައިފޯނު ދައްކާލައިފި، ވަރަށްވެސް ފުރިހަމަ

އެޕަލްގެ ސީއީއޯ ޓިލް ކުކް ރޭގެ އިވެންޓްގައި ވިދަޅުވީ ވިދާޅުވި ގޮތުގައި އައިފޯން 15 އިގެ މި ސީރީޒަކީ މިހާތަނަށް ނެރުނު އެންމެ ފުރިހަމަ އައިފޯނެވެ

އެޕަލްގެ އާ އައިފޯނު ރޭ ނެރުނު އިރު ގިނަ ބަދަލުތަކެއް ގެނެސްފައިވޭ

ޔޫރަޕިއަން ޔޫނިއަންގެ ގަވާއިދުތަކަށް ފެތޭ ގޮތަށް ގެނައި ބަދަލާއެކު ޔޫއެސްބީ ސީ ޕޯޓާއެކު  އެހެން ގިނަ ބަދަލުތައް ހިމަނައިގެން އުފެއްދި އައިފޯން 15، ރޭ އެޕަލް އިވެންޓްގައި ދައްކާލައިފި އެވެ.

އައިފޯން 15 އިގެ ހަތަރު މޮޑެލްއެއް ރޭ ދައްކާލި އެވެ. އެއީ އައިފޯން 15، އައިފޯން ޕްލަސް، އައިފޯން ޕްރޯ އަދި އައިފޯން ޕްރޯ މެކްސް އެވެ. 

ފޯނު ބާޒާރަށް ނެރޭއިރު ފިޔާތޮއްޓާއި ރީނދުލާއި ފެއްސާއި ނޫ އަދި ކަޅު ކުލައިގެ ފޯނު ނެރޭނެ އެވެ. އެއީ ވަަރުގަދަ ސެރަމިކް ޝީލްޑް ބިއްލޫރިއާއެކު، ކުރިއަށްވުރެ އަލިގަދަ ސްކްރީނަކާއެކު އެވެ.

އާ އައިފޯން ޕްރޯގައި ބޭނުން ކުރާނީ، އަލަށް ތައްޔާރު ކުރި އޭ17 ޕްރޯ ޗިޕެވެ. މިއީ އަލްޓްރާވައިލެޓް ލިތޯގްރަފީ ބޭނުން ކޮށްގެން އުފައްދާފައިވާ ތިން ނެނޯ މީޓަރުގެ ޗިޕެއްކެވެ. މިފަހަރުގެ ފޯނުގައި ސްޓެއިންލެސް ސްޓީލްގެ ބަދަލުގައި ބޭނުން ކޮށްފައި ވަނީ ޓައިޓޭނިއަމެވެ. އެހެން ކަމުން އާ އައިފޯނު ބޮޑުތަނުން ލުއިވެ، ވަރުގަދަ ވާނެ އެވެ. އާ އައިފޯނުގައި އެޕަލް އިން ބޭނުން ކޮށްފައި ވަނީ ގްރޭޑް 5ގެ ޓައިޓޭނިއަމެވެ. އެއަކީ މާސްއަށް ފޮނުވާ ރޯވަރު އުޅަނދު ތަކުގައި ވެސް ބޭނުންކުރާ މެޓީރިއަލެވެ.

އާ ފޯނުގެ ވޮއިސް އައިސޮލޭޝަން ފީޗާ ބޭނުން ކޮށްގެން، އަޑު ގަދަ ތަންތަނުގައި ހުރެގެން ބޭކާރު އަޑުތައް މަޑުކޮށްލެވެ އެވެ. މީގެ އިތުރުން އެޕަލްގެ އެމަޖެންސީ ފީޗާގެ ތެރޭގައި "ރޯޑް ސައިޑް އެސިސްޓެންސް" ހިމެނެ އެވެ.

އައިފޯން 14 ޕްރޯއާ އެއްފަދައިން، 48 މެގަޕިކްސެލްގެ ކެމެރާއެއް އަދި 12 މެގަ ޕިކްސެލްގެ އަލްޓްރާ ވައިޑެއް ހިމެނެ އެވެ. އަދި 2X އޮޕްޓިކަލް ޒޫމް ވެސް ހިމެނެ އެވެ. ނަމަވެސް އެ ފޯނުގެ ކެމެރާ ލައިންއަޕުގައި ޓެލެފޮޓޯ ލެންސެއް ނުހިމެނެ އެވެ. އޭގެ ބަދަލުގައި ސެންސަރުން ދެ ގުނައަށް ކްރޮޕް ކޮށްލަނީ އެވެ.  

އައިފޯނުގެ ކުރީގެ ސީރީޒްތަކާ ހިލާފަށް މި ފަހަރުގެ މޮޑެލްގައި ހުރި މުހިއްމު ބައެއް ބަދަލުތަކުގެ ތެރޭގައި ޕްރޯ އާއި މެކްސްގައި ރިންގް އޮން ކުރާށާއި އޮފް ކުރުމަށް އެކްޝަން ބަޓަނެއް ހިމަނާފައި ވެއެވެ. އެއަށް ފިތާލައިގެން އެކި ފަންކްޝަންތައް ނަގައި، ބޭނުންވާ ފަންކްޝަން ސިލެކްޓް ވެސް ކުރެވެ އެވެ. މިއީ އައިފޯނުތަކުގައި ފެށުނީއްސުރެ ހިމެނޭ ސައިލެންޓް ޓޮގުލް އަށް ގެނައި ބޮޑު ބަދަލެކެވެ. މި ފިތުން ކުރެވޭނެ ކަންތައް ތިމާ އަމިއްލައަށް ކަނޑައެޅޭނެ އެވެ. އޭގެ ތެރޭގައު ފްލޭޝްލައިޓް ޖެއްސުމާއި ފޯނު ސައިލެންޓަށްލުން ހިމެނެ އެވެ.

އެޕަލްގެ ސީއީއޯ ޓިލް ކުކް ރޭގެ އިވެންޓްގައި ވިދަޅުވީ ވިދާޅުވި ގޮތުގައި އައިފޯން 15 އިގެ މި ސީރީޒަކީ މިހާތަނަށް ނެރުނު އެންމެ ފުރިހަމަ އައިފޯނެވެ

އައިފޯން 15 ރޭ ދައްކައިލުމާ އެކީ އަންނަ ހުކުރު ދުވަހު ޕްރީ-އޯޑަރަށް ހުޅުވާލާނެ އެވެ. އެކަމަކު ފޯނު ވިއްކަން ފަށަނީ މި މަހުގެ 22 އިން ފެށިގެންނެވެ. އައިފޯން 15 ސީރީޒްގެ އަގުތައް އުޅެނީ 799 އެމެރިކާއި ޑޮލަރާއި 1199 އެމެރިކާ ޑޮލަރާ ދެމެދުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.