މާރިޔާގެ ފާޑު ވިދާޅުވުން އީސީއަށް، އިންތިޒާމުތައް ދެރަ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ އެކަންކަން ފާހަގަ ކުރައްވާ ދެވަނަ ބުރުގެ ވޯޓްގައި އިންތިޒާމުތައް ރަނގަޅު ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސް ވަނީ ކުރައްވާފަ އެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ އިންތިޒާމުތައް ރަނގަޅު ނޫން ކަމަށާ ވޯޓް ގުނުމުގައި ކޮމިޝަނުން އަމަލު ކުރި ގޮތް ވެސް ރަނގަޅު ނޫން ކަމަށް ވިދާޅުވެ ރައީސް ސޯލިހްގެ ކެމްޕޭން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ދަނޑިކޮށި ޖަގަހަ" ގައި ރޭ ކެމްޕެއިން ޓީމުތަކާއެކު ބޭއްވެވި ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ ރައީސް ސޯލިހަށް ވޯޓް ދިން އެތައް ބައެއްގެ ވޯޓް ބާތިލު ގޮތުގައި ކަނޑައަޅާފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ. މާރިޔާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުން އެ މީހުން ލީ ވޯޓްގައި ކަރުދާހުގައި ދެ ފަހަރު ރޮނގު އަޅާފައިވާ ކަމަށް ނިންމާ ވޯޓް ބާތިލު ކޮށްފައިވާ ކަމަށެވެ.

އެ މީހުން އެގޮތަށް އަމަލު ކޮށްފައި ވަަނީ ފުރަތަމަ ލާ ފާހަގަ ކުލަ މަޑުވުން ފަދަ ކަމެއް ދިމާވެގެން ކަމަށާ އެ ފާހަގަ އަލުން ފަވާލުމަށް އިތުރަށް ގަލަން ޖައްސާލި ކަމުން ވޯޓް ބާތިލު ކަމަށް ނިންމާފައި އެބަހުރި ކަމަށް މާރިޔާ ބިދާޅުވި އެވެ.

"ބައްލަވާ! އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިންނަވަން ނޫންތޯ އެތާނގައި ތި މޮޅު ފާހަގަ ޖައްސަވަން. އަޅުގަނޑުމެންގެ ދުވަސްވީ މީހުންނަކަށް އެ ފާހަގަ ޖަހާކަށް ނޭނގޭ،"

މީގެ އިތުރުން އިންތިހާބުގެ ދުވަހުގެ އިންތިޒާމުތަކާމެދު ވެސް މާރިޔާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ދުވަސްވީ މީހުންނަށް ކިއުގައި ނުޖެހި ވޯޓް ލެވޭނެ ގޮތެއް ނެތް ކަމަށާ އިށީންނާނެ ގޮނޑިއެއްގެ މިންވަރު ވެސް ނެތް ކަމަށް ވިދާޅުވި އެވެ. އަދި ބޮޑެތި ބަލިތައް ތަަހަންމަލު ކުރަމުންދާ އެތައް ބަޔަކު ދެތީން ގަޑިއިރު ކިއުގައި ތިބެ ވޯޓް ނުލެވި ގެއަށް ދާން ޖެހުނު ކަމަށް ވިދާޅުވި އެވެ.

"ކޮން ކަހަލަ އިންތިޒާމުތަކެއްތޯ އެތާނގައި ހަދާފައި ހުރީ. ދުވަސްވީ މީހުންނަށް ވީލްޗެއާ ގަނޑެއް ވެސް ނެތް. އިށީންދެލާނެ ތަންކޮޅެއް ވެސް ނެތް. ކުރީގައި އިލެކްޝަންތަކުގައި 65 އަހަރުން މަތީގެ މީހުންނަށް އަވަހަށް ވޯޓްލެވޭ ގޮތް ހަދައި ދޭ،"

މި ހުރިހާ މައްސަލަތަކެއް ހުރި ނަމަވެސް އެ ބޭފުޅުން އިންތިހާބު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ވަޑައިނުގަންނަވާ ކަމަށާ ކޯޓަށް ގޮސް އިންތިހާބު ބާތިލު ކުރަން އެދޭ މިންވަރަށް ބާތިލު ވޯޓް ވެސް ގުނާފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އެކަމަނާ ރޭ ވެސް ވަނީ ވޯޓް ލެއްވުމަށް ވީހާވެސް ހެނދުނަކާ ވަޑައިގަތުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ އެކަންކަން ފާހަގަ ކުރައްވާ ދެވަނަ ބުރުގެ ވޯޓްގައި އިންތިޒާމުތައް ރަނގަޅު ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސް ވަނީ ކުރައްވާފަ އެވެ. އެކަންކަމަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮމެންޓް

2
450
ސަފާނާ
7 months ago

ބަލަ މާރިޔާމެން ބޭނުންވެގެން ނެއް ނޫންތަ އީސީ އިން ވަކި ގޮތަކަށް ކަންތައް ތައް އިންތިޒާމް ކުރީ. ތިހެން ނޫޅެބަލަ.

ފަރުހާދު އިސްމާއިލް
7 months ago

ދަށްވާ މީހުންގެ އަބަދުވެސް ޝަކުވާ އޮވޭ. ދުވަހަކު ވެސް އީސީ ގެ ޝަކުވާއެއް ނާންނާނެ ގޮތަކަށް ކަމެއް ނުވޭ. ބަލި ގަބޫލުކުރަންވާނެ އެންމެންވެސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.