ދެން ވޯޓެއް ލާން ބޭނުންނަމަ ރައީސް ސޯލިހް އިންތިހާބު ކޮށްދެއްވާ: މާރިޔާ

މިއިން ޒަމާނަކުން ވެސް ވޯޓް ލައްވަން ބޭނުންފުޅު ކަމަށްވަންޏާ ރައީސް ސޯލިހް އިންތިހާބު ކުރައްވާތި،" މާރިޔާ ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ދެން ދުވަހަކުވެސް ވޯޓެއްލާން ފުރުސަތު ނުލިބިދާނެ ކަމަށް ރައީސް ސޯލިހްގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ދަޑިކޮށީ ޖަގަހަ" ގައި މިރޭ އޮތް ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ވޯޓަކީ ރައްޔިތުންގެ ކުރިމަގާއި ގުޅިފައިވާ މުހިންމު ވޯޓެއް ކަމަށެވެ. ވޯޓާ މެދު ވަރަށް ސީރިއަސްކޮށް ވިސްނެވުމަށް މިިނިސްޓަރު އެދިވަޑައިގަތެވެ.

މިނިސްޓަރު ވިދާޅުވީ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ތިއްބެވި ކިތަންމެ ބޭފުޅަކީ ވޯޓް ލުމަކީ ހަރާމް ކަމެއް ކަމަށް ފަތުވާ ދެއްވާފައިވާ ބޭފުޅުން ކަމަށެވެ.

"މި ފަހަރު މި ވޯޓްލާ ގޮތުން އަޅުގަނޑުމެންނަށް ދެން ވޯޓެއްލާން ފުރުސަތު ނުލިބުމަކީ ހަމަ އޮތް ކަމެއް. ހަމަ ތެދަށް މި ދަންނަވަނީ. ކިތަށް މީހުންތޯ މުއިއްޒުގެ ފަހަތުގައި ތިބި މީހުން ވޯޓް ގަބޫލު ކުރަނީ. ކިތަށް ބޭފުޅުންތޯ ތިބީ އެކި ގޮތަށް ފަތުވާ ދެއްވާފައި އެއީ ހަރާމް ކަމެއް ކަމަށް،"

މާރިޔާ އެ އިޝާރާތް ކުރައްވަނީ ބައެއް ދީނީ އިލްމުވެރީންނަށް ކަމަށް ބެލެވެއެވެ. އެކަމަނާ ކުރީން ވެސް ވަނީ މުއިއްޒަށް ތާއީދު ކުރެއްވި ބައެއް އިލްމުވެރީންނަށް ފާޑު ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ "ވޯޓު" ނަމުގައި ދާދި ފަހުން ޖަމިއްޔަތުއް ސަލަފުން އިންތިޒާމު ކުރި ފޯރަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

"ހަމަ އެ ބޭފުޅުން ނޫންތޯ އެއްޗެއް ނަގާފައި ވިޔަސް ވޯޓެއް ދޭށޭ ކިޔައިގެން ފޯރަމް ބާއްވައިގެން އެ ތިބީ. މިއިން ޒަމާނަކުން ވެސް ވޯޓް ލައްވަން ބޭނުންފުޅު ކަމަށްވަންޏާ ރައީސް ސޯލިހް އިންތިހާބު ކުރައްވާތި،" މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓް

1
450
ދޮންމަނިކު
7 months ago

އަދާލަތު ޕާޓީ ނުކިޔާތަ ވޯޓް ހަރާމޭ. ލާދީނީ ވިޔަސް ހަމައިގަ ހުންނަވައްޗޭ ކަނބުލޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.