ދެވަނަ ބުރުގައި ވޯޓްލުން ހަވީރު ފަހެއް ޖަހަން ދެން އިތުރު ކުރަން ނިންމައިފި

މި ފަހަރުގެ އިންތިހާބުގައި ވޯޓްލާފައި ވަނީ 225،486 މީހުންނެވެ. ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،395 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 220،651 އެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 79.85 ޕަސެންޓެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- މި
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މީހަކު ވޯޓް ދެނީ: ދެވަނަ ބުރުގައި ވޯޓްލުން އޮންނާނީ މި މަހުގެ 30 ގައި

ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރުގައި ވޯޓްލާ ގަޑި އިތުރު ކުރަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މި ނިންމުން ހާމަކުރީ ދެންމެ އެ ކޮމިޝަނުން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް / ތަރުޖަމާން އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި ދެވަނަ ބުރުގައި ވޯޓް ގަޑިއަށް އެއް ގަޑިއިރު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

ކުރީން އޮންނަނީ ހެނދުނު އަށަކުން ހަވީރު ހަަތަރަކަށެވެ. ނަމަވެސް ދެވަނަ ބުރުގައި ހެނދުނު އަށަކުން ހަވީރު ފަހަކަށް ވޯޓްލުން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ހަބީބު ވިދާޅުވި ގޮތުގައި މިއީ މި ނިންމުމަކީ ލަފާދޭ ކޮމެޓީގެ ލަފާތަކާއި ބައެއް ހޯދުންތަކާއި ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެކެވެ. އަދި މި ނިންމުމާއެކު ވޯޓްލާ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ވޯޓްލާ ވަގުތު އިތުރުކުރަން ނިންމީ އެންމެ ފަހުން އޮތް އިންތިހާބުގައި ކުރީ އިންތިހާބަށް ވުރެ ވޯޓްލީ މީހުންގެ އަދަދު 10 ޕަސެންޓް މަދުވުމުން ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާއިރު މި ފަހަރުގެ އިންތިހާބު ގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 56،909 މީހުން ވޯޓް ނުލައެވެ. 

މި ފަހަރުގެ އިންތިހާބުގައި ވޯޓްލާފައި ވަނީ 225،486 މީހުންނެވެ. ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،395 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 220،651 އެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 79.85 ޕަސެންޓެވެ.

  •  ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު - 282،395
  •  ވޯޓުލީ މީހުންގެ އަދަދު - 225،486
  •  ސައްހަ ވޯޓް - 220،651
  •  ޖުމްލަ ވޯޓް - 225،486
  •  ބާތިލު ވޯޓް - 4،835
  •  ވޯޓްލީ މީހުންގެ އިންސައްތަ - 79.85 ޕަސެންޓް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.