އެމްޑީޕީގެ މެންބަރުންތަކެއް ޕީޕީއެމަށް ބަދަލުވެދާނެ: ނަޝީދު

އެ މަނިކުފާނަކީ އެމްޑީޕީގެ ބާނީގެ ގޮތުގައި ހުންނެވުމަށް ފަހު އެ ޕާޓީ ދޫ ކުރައްވާ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އެހެން ޕާޓީއެއް ހަދަވައިގެން ހުންނެވި ބޭފުޅެކެވެ.

މަޖިލީހުގެ މެންބަރުތަކެއް ޖަލްސާއެއްގައި: ގިނަ މެންބަރުންން ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީއަށް

ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން އިދިކޮޅު ޕީޕީއެމަށް ބަދަލުވުން އެކަށީގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެ މަނިކުފާނަކީ އެމްޑީޕީގެ ބާނީގެ ގޮތުގައި ހުންނެވުމަށް ފަހު އެ ޕާޓީ ދޫ ކުރައްވާ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އެހެން ޕާޓީއެއް ހަދަވައިގެން މިދިއަ ރިޔާސީ އިންތިހާބުގައި ޒުވާން ކެންޑިޑޭޓަކަށް ފުރުސަތު ހޯއްދަވައި ދަވައި ފުރަތަމަ ބުރުން ތިންވަނަ ހޯއްދެވުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. 

އެހެން ވިދާޅުވީ މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ މެންބަރުގެ ދަފުތަރު އޮތް ގޮތް އިއުލާން ކުރައްވާ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލާއިގެ ތައާރަފުގެ ތެރެއިންނެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނަށް ފާހަގަ ކުރެއްވޭ ގޮތުގައި ވަރަށް ގިނަ ބަދަލުތައް ވަރަށް އަވަސް އަވަހަށް އަންނަ ކަމަށާއި އެ ގޮތުން ބަދަލުތައް އަންނަ ވަރަކުން ކޮމެޓީތަކަށް ބަދަލު ގެނައުމަށް އިސްކަންދޭން ފެންނަ ކަމަށެވެ.

އަދި މިހާރު އޮތް ހާލަތުގައި ވެސް ކޮމިޓީތައް އެކުލަވައިލަން އިސްކަން ދިނުން މުހިންމު ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވުމަކީ އެކަށިގެންވާ ކަމެއްކަން އަޅުގަނޑަށް ފާހަގަވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.