އުތުރުގެ އެ ސެޓެލައިޓް ވައްޓާލާނެ ކަމަށް ވެސް ޖަޕާނާއި ދެކުނު ކޮރެއާއިން ކުރިން ވެސް ބުނަމުން ދިޔައެވެ.
ދެކުނު ކޮރެއާ އާއި ޖަޕާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އުތުރު ކޮރެއާގެ ސެޓެލައިޓް މައްޗަށް ނާރައި ކަނޑު ތެރެއަށް ފައިބައިގެން ދިޔައީީ މެކޭނިކަލް ފޭލިއާއެއްގެ ތެރެއިން ކަމަށާއި އުއްދުއްސާން އުޅުނު ސެޓަލައިޓަކީ އެމެރިކާގެ ހަރަކާތްތަކަށް ފާރެވެރި ޖާސޫސު ކުރަން ފޮނުވާ ސެޓަލައިޓެއް ކަމަށެވެ.
އުތުރުގެ މީޑިއާއާ ހަވާލާދީ ދެކުނުން ރިޕޯޓް ކުރާ ގޮތުގައި މި ސެޓަލައިޓަށް އުދުހި ނުގެނެވުނު ނަމަވެސް މިޝަން ފޭލި ވެގެނެއް ނުދެ އެވެ. ދެވަނަ ސެޓްލައިޓެއް ފޮނުވާލަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.
އުތުރުގެ މި ސެޓެލައިޓަށް އަރައި ނުގެނެވުނު އިރު އެމެރިކާގެ ވާގިވެރިވާ އަދި އުތުރާ ދެކޮޅަށް ބާރެއް އުފައްދާފައިވާ ޖަޕާނާއި ދެކުނު ކޮރެއާއިން ދިޔައީ މި ސެޓެލައިޓާ ގުޅިގެގެން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުންތައް ފާޅު ކުރަމުންނެވެ.
އަދި އެ ސެޓެލައިޓް ވައްޓާލާނެ ކަމަށް ވެސް ޖަޕާނާއި ދެކުނު ކޮރެއާއިން ކުރިން ވެސް ބުނަމުން ދިޔަ އެވެ. އެ ދެ ގައުމުން ވެސް ބުނެފައި ވަނީ ސެޓެލައިޓް އަރުވާ ނަމުގައި އުތުރުން މިސައިލް ޓެސްޓް ކުރަނީ ކަމަށެވެ.