ގަމުން ދިން 400 ގޯތި 4000 އަކަފޫޓަށް ބޮޑު ކޮށްފި

ތަފާތު އެކި ފަހަރު މަތީން ގިނަ މައްސަލަތައް ދިމާވަމުން ދިއުމަށް ރާއްޖޭގެ އެންމެ ބޮޑު ރަށުން 2021 ގައި 400 ގޯތި ދޫކުރި ދިނީ 2007 ވަނަ އަހަރުން ފެށިގެން އެ ރަށުން ގޯތި ނުދީ އޮތުމަށްފަހު އެވެ.

ލ. ގަން: އެ ރަށުން ދިން ގޯތިތަކުގެ ސައިޒު ވަނީ 4000 އަކަފުޓަށް ބޮޑުކޮށްފައި

ތޭރަ އަހަރު ދުވަހަށްފަހު ލ. ގަމުން 2021 ވަނަ އަހަރު ދޫކުރި 400 ގޯތީގެ ސައިޒަށް ބަދަލު ގެނެސް ގޯތި ލިބުނު 400 މީީހުނަށް 4000 އަކަފޫޓުގެ ގޯތި ދޭން ނިންމައިފި އެވެ.

ގަމު ކައުންސިލުން މިއަދު ބުނީ 2021 ވަނަ އަހަރު އެ ރަށުން ދޫކުރި 2000 އަކަފޫޓްގެ 400 ގޯތީގެ ހާލަތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ކައުންސިލުގެ މި ދައުރުގެ ތެރޭގައި އެ ގޯތިތަކުގެ ސައިޒު 4000 އަކަފޫޓަށް ބޮޑު ކުރަން ނިންމާ، އެ ގޯތިތައް އެ ފަރާތްތަކަށް ހަވާލު ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވެފައިވާ ކަމަށެވެ.

ގޯތިތައް ބޮޑުކޮށް ހަވާލު ކުރާއިރު އެއްވެސް ފަރާތަކުން ޝަކުވާ އެއް އޮތް ނަމަ ޖޫން 14، 2023 އާ ހަމައަށް މައުލޫމާތު އެނގޭނޭހެން ލިޔުމުން ހުށަހަޅަން ވެސް ވަނީ އަންގާފަ އެވެ. 

ތަފާތު އެކި ފަހަރު މަތީން ގިނަ މައްސަލަތައް ދިމާވަމުން ދިއުމަށް ފަހު ރާއްޖޭގެ އެންމެ ބޮޑު ރަށުން 2021 ގައި 400 ގޯތި ދޫކުރި ދިނީ 2007 ވަނަ އަހަރުން ފެށިގެން އެ ރަށުން ގޯތި ނުދީ އޮތުމަށް ފަހު އެވެ. ތުނޑި އާއި މަތިމަރަދޫ އާއި މުކުރިމަގު ހިމެނޭ ގޮތަށް ތިން އަވަށް އޮންނަ ގަމުން 2007 ވަނަ އަހަރު ގެ ކުރީކޮޅު ގޯތި ދޫކުރި އެވެ. 

ގަމަކީ ރާއްޖޭގެ އެންމެ ބޮޑު ރަށުގެ އިތުރުން އެ އަތޮޅުގެ ސިނާއީ ރަށް، އަދި މަސް ކާރުހާނާއެއް ހިންގާ މާންދޫ އާއި މަދަނީ ވައިގެ ހިދުމަތަށް ބޭނުން ކުރާ އެކަމަކު އިސްކަންދަރު ވައިގެ ބަނދަރުގެ ނަމުގައި އަސްކަރީ އެއާޕޯޓެއް ހިންގާ ކައްދޫ އާއި ބޮޑު އާބާދީއެއް އޮންނަ އެ އަތޮޅު ވެރިރަށް ފޮނަދޫ އާ އެއް ފަހަށް ގުޅާލާފައިވާ ރަށެކެވެ. އެއް ފަހުގެ އެ ރާސްތާގައި ދިގަށް 19 ކިލޯ މީޓަރު ހުރެ އެވެ.

ކޮމެންޓް

1
450
ސިޔާދާ
10 months ago

އުފާވެރި ހަބަރެއްތީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.