"ނީނާ" ފެންނާނީ އޯގަސްޓް ގައި

"ނީނާ" ޕްރިމިއާ ކުރާނީ އޮގަސްޓް ހަވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ސިނަމާގައި ފިލްމު ދައްކަން ވަނީ ނިންމާފައެވެ.

ނީނާގެ ކުރީން އާންމުކުރި ޕޯސްޓަރެއް

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ގެ "ނީނާ" ސްކްރީން ކުރާނެ ތާރީހު އިއުލާނުކޮށް ފިލްމުގެ އޮފިޝަލް ޕޯސްޓަރާއި ޓްރެއިލާ އަދި ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި އެވެ.

"ބަވަތި" ގެ ނަމުގައި ގެނެސްދިން ފީޗާ ފިލްމާއެކު ގިނަ ބައެއްގެ ލޯ އަމާޒުވި އިއްލެގެ ދެވަނަ ފީޗާ ފިލްމް ސްކްރީން ކުރާނެ ތާރީހު އިއުލާނު ކުރީ ސޮލައިޓްގައި ރޭ އޮތް ހަފްލާއެއްގައެވެ. "ނީނާ" ޕްރިމިއާ ކުރާނީ އޮގަސްޓް ހަވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ސިނަމާގައި ފިލްމު ދައްކަން ވަނީ ނިންމާފައެވެ.

ރޭ އޮތް އިވެންޓްގައި އޮފިޝަލް ޕޯސްޓަރާއި އޮފިޝަލް ޓްރައިލާ / ޓީޒާ އަދި ޕްރޮމޯޝަނަލް ލަވަ ވަނީ ނޫސްވެރިންްނަށް ދައްކާލާފައެވެ. އިއްލެ ބުނީ ވަރަށް އަވަހަށް ބެލުންތެރިންނަށްވެސް އޮފިޝަލް ޕޯސްޓަރާއި އޮފިޝަލް ޓްރައިލާ / ޓީޒާ އަދި ޕްރޮމޯޝަނަލް ލަވަ ދައްކާލާނެ ކަމަށެވެ.

"ނީނާ" މިހާރު އޮތީ ނިމުމުގެ ފަހުގެ މަރުހަލާގައެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ މާލެ އާއި ލ އަތޮޅު ގައެވެ. 

ނީނާގެ ފަސްޓް ޕޯސްޓަރު

ފިލްމުގެ ޝޫޓިންއަށް ހޭދަވީ 18 ދުވަހެވެ. އެއީ މާލޭގައި ދެ ދުވަސް އަދި ލ އަތޮޅުގައި 16 ދުވަހެވެ.

މި ފިލްމަކި 2020 ވަނަ އަހަރު ސްކްރީން ކުރަން ނިންމި ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފިލްމު އެޅުވޭ ގޮތް ނުވެ ފަސްވީ އެވެ.

އިއްލެ ބުނި ގޮތުގައި "ނީނާ" އަކީ ހިތްވަރުގަދަ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. އެއީ ރުޅިގަދަ އެހެން ނަމަވެސް އާއިލާ ދެކެ ނުހަނު ލޯބިވާ އިންސާފުން ކަންކަން ކުރަން ބޭނުންވާ މީހެކެވެ.

ފިލްމުގެ ޓްރެއިލާއިންވެސް އެކަން ވަރަށް ބޮޑަށް ފެނިގެން ދެއެވެ. އަންދަލާ ހަލީމްގެ އަޑުން ކިޔާފައިވާ ޕްރޮމޯޝަނަލް ލަވަވެސް ވަރަށް ހިތްގައިމެވެ.

ނީނާގެ މައިގަނޑު ތަރިން

"ނީނާ" ގައި އެންމެ މުހިންމު ރޯލުން ފެނިގެންދާނީ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. އެއީ ފިލްމުގެ ލީޑް ތަރިއެވެ. ނީނާއެވެ.

ފިލްމު ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ ތަފާތު ތިން ގޮތަކަށް ނުޒޫ ފެނުމެވެ. ފިލްމުގައި ނުޒޫގެ ކެރެކްޓާއަށް ތައްޔާރުވާން އޭނާ ވަނީ ދެ މަސް ދުވަސް ވަންދެން މާޝަލް އާޓްސް ދަސްކޮށްފައެވެ. 

މި ފިލްމުގައި ޒުވާން ފިލްމީ ތަރި ޝަރަފް އަބްދުﷲ އާއި މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) ވެސް ވަރަށް ހާއްސަ ރޯލަކުން ފެނިގެންދާނެއެވެ. އަދި ކުރީގެ ކުޅަދާނަ ފިލްމީ ތަރި މަރިޔަމް ރަޝީދާ ފެނިގެން ދިއުމަކީވެސް ހާއްސަ ކަމެކެވެ.

"ނީނާ" ލިޔެފައިވަނީ ވެސް އިއްލެ އެވެ. ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ. 

ކޮމެންޓް

1
450
ފައިހާ
10 months ago

ނީނާ ފެނުން އިއްޔެވެސް.

ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.