އައްބާސް އާދިލް ރިޒާ ހޯދަން އިއުލާން ކޮށްފި

އިންޑިއާ ހައިކޮމިޝަން ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި އައްބާސް ޑިސެމްބަރު 25، 2022 ގައި ހައްޔަރު ކުރި އެވެ. އަދި މިދިއަ ޖެނުއަރީ 13 ގައި ވަނީ ހައްުޔަރުން ދޫކޮށްލާފަ އެވެ.

އައްބާސް އާދިލް ރިޒާ: އޭނާގެ ޝަރީއަތް މާދަމާ ފަށަނީ --

އައްބާސް އާދިލް ރިޒާ ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.   

ފުލުހުންގެ ހިދުމަތުން ބުނީ ކްރިމިނަލް ކޯޓުގައި އައްބާސްގެ މައްޗަށް އޮތް ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާތީ އައްބާސް ހައްޔަރު ކޮށްގެން، ކޯޓަށް ހާޒިރު ކޮށްދޭން ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެން އައްބާސް ހޯދަން މަސައްކަތް ކރާ ކަމަށެވެ.

އައްބާސަށް ދައުލަތުން ދައުވާކުރަނީ ފަނާ ކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ އެވެ. އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މިއަދު 2:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. 

އައްބާސްގެ މައްޗަށް ދައުވާ ކުރީ ޕެޓްރޯލާއި ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހިތްވަރުދީފައިވާތީ އާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓް ކޮށްގެނެވެ. 

އިންޑިއާ ހައިކޮމިޝަން ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި އައްބާސް ޑިސެމްބަރު 25، 2022 ގައި ހައްޔަރު ކުރި އެވެ. އަދި މިދިއަ ޖެނުއަރީ 13 ގައި ވަނީ ހައްުޔަރުން ދޫކޮށްލާފަ އެވެ. 

ކޮމެންޓް

1
450
ހުސަެނުބެ
11 months ago

ބާރަަށް ހަޅޭއްލަވާ މީހުންނަށް ވާވަރަކީ މިއެވެ. މިހާރު މާމަގެ ފުއްޑަނަށް އަރާ މާމަގައިގަ ބައްދައިގެން މާމަ ބިރު ނުގަންނައްޗޭ ކިޔާލަކިޔާލަަ ތުރުތުރެއް އަޅާލަ އަޅާލަ އޮންނާނެއެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.