އިންޑިއާ އިން ދިން "ހުރަވީ" މަނަވަރުގެ އާ އުޅަނދު އިފްތިތާކޮށް ދެއްވައިފި

އިންޑިއާގެ މި ހަދިޔާގެ އަގުވަޒަން ކޮށް ހާއްސަ ހަނދާނީ ފިލައެއް ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާގެ ފެންސް މިނިސްޓަރު ރަޖްނަތު ސިންގަށް އެރުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު "ހުރަވީ" މަނަވަރުގެ އާ އުޅަނދު އިފްތިތަހުކޮށް ދެއްވަނީ

"ހުރަވީ" މަނަވަރުގެ ބަދަލުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އޯފްޝޯ ޕެޓްރޯލް ވެސަލް، / މަނަވަރު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހުކޮށް ދެއްވައިފި އެވެ. 

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުގަ އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އާ މަނަވަރު އިފްތިތާހުކޮށް ދެއްވައި ހިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އެ އުޅަނދުގައި ނެގުމަށް ދިވެހި ގައުމީ ދިދަ، ކޮމާންޑިން އޮފިސަރާ ހާވާލުކޮށް ދެއްވައި، އުޅަނދުގެ ނަން ކަޝްފު ކޮށްދެއްވީ ވެސް ރައީސް ސޯލިހެވެ. އާ މަނަވަރުގެ ނަމަކީ ވެސް "ހުރަވީ" އެވެ. 

މި އުޅަނދަކީ، ކުރިން އިންޑިއާ ސަރުކާރުން ހަދިޔާ ކުރި "ހުރަވީ" ގެ މަނަވަރުގެ ބަދަލުގައި ދިން އުޅަނދެކެވެ. 

މީގެ އިތުރުން އިންޑިއާއިން ހަދިޔާ ކުރާ ލޭންޑިން ކްރާފްޓެއް ދިވެހި ސަރުކާރާއި ހާވާލުކުރުން ވެސް ކުރިޔަށް ގެންދިޔަ އެވެ. ދެ އުޅަނދުގެ މޮޑެލް، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާ ހަވާލު ކޮށްދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ މި ހަދިޔާގެ އަގުވަޒަން ކޮށް ހާއްސަ ހަނދާނީ ފިލައެއް ޑިފެންސް މިނިސްޓަރު މާރިޔާ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގަށް އެރުވި އެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.