ޖޭޕީއާ ނަަޝީދުގެ ފެކްޝަނުން މެނިފެސްޓޯއެއް، ކުރިއަށް ދާނީ އެކުގައި

މިރޭ ކުރެވުނު މަޝްވަރާގައި އެކުގައި މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރުމަށް އެއްބަސް ވެވުނު ކަމަށް ދެ ޕާޓީގެ މަންދޫބުންވެސް ވިދާޅުވި އެވެ.

މިރޭ ބޭއްވި މަޝްވަރާ ބައްދަލްވުން: ޖޭޕީއާއެކު މެނިފެސްޓޯއެއް ހެދުމަށް ވަނީ އެއްބަސްވެފައި

ޖުމްހޫރީ ޕާޓީއާ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގުޅިގެން މެނިފެސްޓޯ އެއް ހެދުމާއި ގުޅޭގޮތުން މިރޭ މަޝްވަރާ ކޮށްފި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ޖުމްހޫރީ ޕާޓީއާއެކު އެމަނިކުފާނުގެ މަންދޫބުން މިރޭ ވަނީ މަޝްވަރާ ކޮށްފައެވެ. ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރުގައި އޮތް ބައްދަލްވުމުގައި ނަޝީދުގެ ފަރާތްޕުޅުން ބައިވެެރިވެވަޑައިގެންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ނާއިބު ލީޑަރު އަމީން އިބްރާހިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އަދި ރިޔާޒް ރަޝީދެވެ.  

ބައްދަލްވުމަށް ފަހު ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން ސެޕްޓެންބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަންގެ މަޝްވަރާއަށް އެ ޕާޓީން އުފެއްދި ކޮމެޓީގެ ޗެއާ އަމީން އިބްރާހިމް ވިދާޅުވީ މިރޭގެ ބައްދަލްވުމަކީ ރައީސް ނަޝީދުގެ ޓީމާއި ޖޭޕީން ގުޅިގެން ކުރިއަށް ދިއުމަށް މަޝްވަރާ ކުުރުމަށް ބޭއްވި ބައްދަލްވުމެއް ކަމަށެވެ.

އަމީން ވިދާޅުވީ ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަން ކުރާ މަސައްކަތަކީ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށް ދިނުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށާ މިރޭގެ ބައްދަލްވުމުގައި ނަޝީދުގެ ޓީމާއި ގުޅިގެން ކުރެވޭނެ މަަސައްކަތްތަކާއިމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

މިރޭ ބޭއްވި މަޝްވަރާ ބައްދަލްވުން: ޖޭޕީއާއެކު މެނިފެސްޓޯއެއް ހެދުމަށް ވަނީ އެއްބަސްވެފައި

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދު ކަމަށާ އެ ބޭފުޅުން ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާތައް ފެށީ އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކަަމަށެވެ. މިރޭ މައިގަނޑުކޮށް މަޝްވަރާ ކުރެވުނު ސިޔާސަތުތަކާއި ގުޅޭގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރު ކުރިމަތިލައްވާއިރު އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރެވޭނެ ސިޔާސަތުތަކެއް ކަނޑައެޅުމާއި އަދި އެ ސިޔާސަތުތައް ތަފްސީިލުކޮށް މެނިފެސްޓޯއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ގޮތުގެ ވާހަކަ،" 

ހަސަން ވިދާޅުވީ އަންނަ ހަފްތާގައިވެސް އިތުރު މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ހަސަން ވިދާޅުވީ ނަޝީދު އިސްވެ ކުރައްވާ މަސައްކަތަކީ އެމްޑީޕީއަށްޓަކައި ކުރައްވާ މަސައްކަތްތަކެއް ކަަމަށާ ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީއަށް އެންމެ ފައިދާ ވާނެ ގޮތަށް ކަމަށެވެ.

އަދި ވިދާޅުވީ މިރޭ ކުރެވުނު މަޝްވަރާގައި އެކުގައި މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރުމަށް އެއްބަސް ވެވުނު ކަމަށެވެ. އަދި އެކަން މުޅީން ނިންމާނީ ދެ ޕާޓީން ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

1
450
ހުސޭނުބެ
1 year ago

މިއީ އަމިއްލައަށް މެނިފެސްޓޯއެއް ހަދާލެވޭ ވަރުގެ ޕާރޓީއެއްވެސް ނޫން ހެއްޔެވެ؟ ނަޝީދު ބައިވެރި ކޮއްފިއްޔާ އަެގެ ތެރެއަށް ސެކިޔުލަރ އަދި ލިބަރަލް ފިކުރުގެ ބައިތައް ވަދެ އިސްލާމް ދީނާ ފުށުއަރާ ކިތަންމެކަމެއް ހިމެނޭނެއެވެ.

ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.