ޕީޕީއެމާއެކު ކޯލިޝަން ހެދުމުގެ ފުރުސަތުވެސް އެބައޮތް: މައުމޫން

"ހުރިހާ ކަމަކީވެސް ވެދާނެ ކަމެއް ދެއްތޯ؟ ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތުގައި އެކަމާ ބެހޭ މަޝްވަރާތައް ކޮށްފައި ގޮތެއް ނިންމާނީ. ކުރިއަކުން ނުނާކަށް ނޭންގޭނެ،"

އެމްއާރްއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ޕީޕީއެމާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއާރްއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ދެ ރައީސުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ އެންމެ ފަހުން ރައީސް ޔާމީނަށް ކުރެއްވި ތާއީދު، ރައީސް މައުމޫން ވަނީ އަނބުރާ ގެންދަވާފައެވެ. އޭގެ ފަހަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މައުމޫން މަސައްކަތް ކުރެއްވީ ޔާމީނާ ދެކޮޅަށެވެ.

މައުމޫނަކީ މި ސަރުކާރުގެ ކޯލިޝަން ލީޑަރެކެވެ. އެމަނިކުފާނުގެ އެމްއާރްއެމްއަކީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ.

ނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވެ ޕާޓީތަކުން ދަނީ ކުރިއަށް އޮތް އިންތިހާބަށް ގޮތް ނިންމަމުންނެވެ. ކުރީން ހީކުރެވިފައިވާ ގޮތާއި ހިލާފަށް ރައީސް ސޯލިހަށް ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީތަކާއެކު ދެވަނަ ދައުރަކަށް އެކުގައި ކުރިއަށް ދިއުން ވީ އުނދަގޫ ކަމަކަށެވެ. އެމްޑީޕީ އޮތީ ބައިބައިވެފައެވެ. ކޯލިޝަން ތިން ޕާޓީގެ ތެރެއިން ފަސޭހަކާއެކު އައު ކޯލިޝަންގެ ތެރެއަށް ގެނެވުނީ އަދާލަތު ޕާޓީ އެކަންޏެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ނިންމީ ވަކީން ވާދަކުރުމަށެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރައީސް މައުމޫންގެ އޮފީސްކޮޅުގައި ބައްދަލްވުމެއް ބާއްވަވާފައެވެ. މިއަދުގެ ބައްދަލްވުމަކީ ގާސިމްގެ އެދިވަޑައިގަތުމަކަށް ބޭއްވެވި ބައްދަލްވުމެކެވެ. ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވީ ގާސިމް އާއި މައުމޫންގެ އިތުރުން ފާރިސް އެވެ.

އެ ބައްދަލްވުމަކަށް ފަހު މައުމޫން ވިދާޅުވީ ޕީޕީއެމާއެކު ކޯލިޝަން ހެދުމަކީވެސް ވެދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"ހުރިހާ ކަމަކީވެސް ވެދާނެ ކަމެއް ދެއްތޯ؟ ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތުގައި އެކަމާ ބެހޭ މަޝްވަރާތައް ކޮށްފައި ގޮތެއް ނިންމާނީ. ކުރިއަކުން ނުނާކަށް ނޭންގޭނެ. ހުރިހާ ކަމަކަށްވެސް ފުރުސަތު އެބައޮތް. ގިޔާމަތް ވުމަށްވެސް ފުރުސަތު އެބައޮތެއް ނޫންތޯ،" މައުމޫން ވިދާޅުވިއެވެ.

ގާސިމް އާއި މައުމޫން އަދި ފާރިސް މިއަދު ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާއިރު ރައީސް ސޯލިހާއެކު ރައީސް މައުމޫން އިއްޔެ ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.