ފޯނު ޗާޖަރުން ކަރަންޓު ޖެހުނު މީހަކު މަރުވެއްޖެ

މި ހާދިސާ ފުލުހުން ގެންދަނީ ބަލަމުންނެވެ. އަދު އޭބާ ފޯނު ޗާޖަރަށް ޖަހާފައި ވަނީ ރަނގަޅު ނޫން އެޑަޕްޓަރެއްގައި ކަމަށް ވެސް ބުންޏެވެ.

މަރުވި އުމުރުން 27 އަހަރުގެ ވެންޗާއި ޑިންގްނަމް

ޗާޖް ކުރަން ބާއްވާފައި އޮތް ފޯނުގެ ޗާޖަރުން ކަރަންޓުގައި ޖެހުނު މީހަކު ތައިލެންޑުގައި މަރުވެއްޖެ އެވެ. އެ މީހާ ކަރަންޓުގައި ޖެހުނީ ފޯނާއެކު ނިދާފައި އޮއްވަ އެވެ.

އުމުރުން 27 އަހަރުގެ ވެންޗާއި ޑިންގްނަމް މަރުވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އޭނާ މަރުވެފައި އޮތް އިރު އަނގައިން ލޭ އައިސްފައި ވެއެވެ. އަދި ކަރަންޓުގެ ސަބަބުން ފިހިފައި ހުރި ޒަހަމެއް ވެސް އަތުގައި ހުއްޓެވެ. އޭރުގެ ފޯނު އޮތީ ޗާޖަށް ޖަހާފަ އެވެ.

މަރުވި އެ މީހާގެ އާއިލާއިން ބުނެފައި ވަނީ ވެންޗައި ނެރުނީ ކޮޓަރީގެ ތަޅު ހަލާކު ކޮށްލައިގެން ވަދެ ކަމަށާއި ފޯނު ޗާޖަށް ޖަހައިގެން ފޯނު ބޭނުން ކުރުމާއި ދޭތެރޭ ކުރިން ވެސް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. 

"އަހަރެން ހިތަކަށް ނާރާ މިހެން ވެދާނެ ކަމަކަށް... އެނގޭނަމަ އަހަރެން އިތުރަށް ނަސޭހަތް ދޭން ބޭނުންވާނެ" 

މި ހާދިސާ ފުލުހުން ގެންދަނީ ބަލަމުންނެވެ. އަދު އޭބާ ފޯނު ޗާޖަރަށް ޖަހާފައި ވަނީ ރަނގަޅު ނޫން އެޑަޕްޓަރެއްގައި ކަމަށް ވެސް ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.