ވިއުގައިގެ އަޕްގްރޭޑެއް ދާތީ ބައެއް ދިމާއިން ކަރަންޓް ދާނެ

ސްޓެލްކޯގެ ކަރަންޓް ހިދުމަތުގައި ގެންނަން ޖެހޭ އަޕްގްރޭޑްތައް އަބަދުހެން ކަރަންޓް ވިއުގައަށް ގެންނަން ޖެހެ އެވެ. އެފަދަ މަސައްކަތުގައި ބައެއް ފަހަރު ކަރަންޓްގެ ހިދުމަތް ވަގުތުކޮޅަކަށް ކަނޑާލަން ޖެހެ އެވެ.

ސްޓެލްކޯގެ ޓީމަކުން ކަރަންޓާ ގުޅޭ މަސައްކަތެއް ކުރަނީ: މިއަދު ވެސް އަޕްގެރޭޑްގެ މަސައްކަތެއް ކުރާނެ

ސަރުކާރުގެ މައި ކަރަންޓް ކުންފުނިން ބުނާ ގޮތުގައި މިއަދު މެންދުރު ފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ އެވެ.

މިއަދު ކަރަންޓު ކެނޑެނީ ކީއްވެ؟ މިއަދު ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑެނީ ކަރަންޓި ވިއުގައިގެ އަޕްގްރޭޑް ކުރުމަށް ކުރާ މަސައްކަތުގެ ފަސޭއަށެވެ.

އެ ގޮތުން އެ މަސައްކަތް ކުރާއިރު މިއަދު މެންދުރު 2:00 އިން ހަވީރު 4:00 އަށް މާލޭގެ މާފަންނުގެ ޖަވާހިރުމަގާއި ނަސީމީ ހިނގުމާއި ދަކަނދާމަގާއި މިރިޔާސް މަގުގެ އިތުރުން މުއިވެޔޮ ގޯޅިއާއި ގުލްހަޒާރު ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކޭނެ އެވެ. މަސައްކަތް ނިމެމުންދާ ވަރަަކަށް ކަރަންޓް ދެމުން ދާނެ އެވެ.

އަޕްގްރޭޑްގެ މި މަސައްކަތް ދެ ތިން ގަޑިއިރަށް ބައެއް ސަރަހައްދުތަކުން ކަރަންޓު ދާނެތީވެ ސްޓެލްކޯއިން ވަނީ ކަރަންޓް ކެނޑޭ ސަރަހައްދުތައް ހިމެނޭ ގޮތަށް އާންމުން ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.